ޝާރުކް ހާންގެ ދަރިފުޅު އާރްޔަން މަސްތުވާތަކެތީގެ މައްސަލައެއްގަ ހައްޔަރުކޮށްފި

ޝާރުކް ހާންގެ ދަރިފުޅު އާރްޔަން ހާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ. އުމުރުން 24 އަހަރުގެ އާރްޔަން އާއި އެކު 10 ވަރަކަށްއެކުވެރިންވެސް ހައްޔަރު ކުރި ކަމަށްވެ އެވެ. އެމީހުން ހައް...

03 Oct 2021 | 12:26

ޝާރުކް ހާންގެ ދަރިފުޅު އާރްޔަން ހާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އުމުރުން 24 އަހަރުގެ އާރްޔަން އާއި އެކު 10 ވަރަކަށްއެކުވެރިންވެސް ހައްޔަރު ކުރި ކަމަށްވެ އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މުމްބާއީގައި ބަނދަރުކޮށްފައި އޮތް ކްރޫޒް ލައިނާއެއްގައި ޕާޓީ ކުރަމުން ދަނިކޮށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕާޓީގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށްބުނެ ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެން އެ ކްރޫޒް ލައިނާއަށް ތަހުގީގަށް ދިޔައީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ޓީމަކުންނެވެ.

އެމީހުން ހައްޔަރުކޮށްގެން ގެންދިއުމަށް ފަހު މެޑިކަލް ޓެސްޓުތަކެއް ހަދާފައިވާ ކަމަށްވެ އެވެ. ބެލެވޭގޮތުގައި އެއީ އެމީހުން މަސްތުވާތަކެތި ބޭނުން ކޮށްގެން ތިބިތޯ ބެލުމަށް ކުރި ޓެސްޓުތަކެއް ކަމަށްވެ އެވެ.

އެންސީބީން ބުނީ ހައްޔަރުކުރި އެންމެންގެ ފޯނު ވެސް އަތުލައި އެ މީހުންގެ ބަޔާންތައް މިހާރު ނަގަމުން އަންނަ ކަމަށެވެ. އަރިޔަން ވެސް ހައްޔަރުކޮށް ފޯނު އަތުލި ނަމަވެސް އޭނާގެ މައްޗަށް އަދި ވަކި ތުހުމަތެއް ނުކުރެ އެވެ.

އާރްޔަން ހައްޔަރު ކުރި އިރު ޝާރުކް ދަނީ ފިލްމު ޝޫޓިންއަކަށް ސްޕެއިންއަށް ދާން ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް