ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ކުނިވާ ޒާތުގެ ކުނި ބަހައްޓާނެ ސަރަހައްދުތައް އެޗްޑީސީ އިން ކަނޑައަޅައިފި އެވެ.
އެޗްސީން ކުރި އިއުލާނެއްގައި ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއިއެކު ފުލެޓުގެ އެއްބަސްވުމުގައި ކަންތައްތައް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން، އެ ކޯޕަރޭޝަނުން ކޮށްފައިވާ -(161)HDC 2021/332/EM/IU ނަންބަރު އިޢުލާނާއި ހަވާލާދީ ބުނެފައި ވަނީ، 17 އޮގަސްޓް 2021އިން ފެށިގެން ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކޮށްފައިވާ ހިޔާ 7000ގެ 16 ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ފުލެޓުގައި ދިރި އުޅެމުންދާ ފަރާތްތަކާއި އަދި ފުލެޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއިން ރަސްމީކޮށް ޚިދުމަތް ފެށެންދެން ކުނި އުކާލުމަށްޓަކައި 6 ސަރަހައްދެއްގައި ޑަސްޓްބިން ބެހެއްޓިފައިވާ ކަމަށެވެ.
އެ އިއުލާނާ އެއްކޮށް ޑަސްބިން ބެހެއްޓިފައިވާ ސަރަޚައްދު އިންގޭނެ ކުރެހުން ވަނީ އެއްއުރަ ކުރެވިފައެވެ.
ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ފުލެޓުގައި ދިރި އުޅެމުންދާ ފަރާތްތަކާއި އަދި ފުލެޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން އެޓަވަރަކާއި އެންމެ ކައިރީގައިވާ ޑަސްޓްބިންއަށް ކުނި އެޅުމަށް އެ ކުންފުނިން އެދެއެވެ،
މީގެ އިތުރުން، ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް ހެންދުނު 8:00 އިން މެންދުރު 12:00 އަށްކަމަށް ވާތީ، މިހާރު ފުލެޓުގައި ދިރި އުޅެމުންދާ ފަރާތްތަކާއި އަދި ފުލެޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން ގަޑިއަށް ސަމާލުކަން ދެއްވައި ބަޔާން ކުރެވިފައިވާ ވަގުތުގެ ކުރިން ޑަސްބިންއަށް ކުނި އެޅުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް