އެމެރިކާއަށް ޖެހިފައިވާ ޝޮކު ފިލުމުން ތޯލިބާން ސަރުކާރު ބަލައިގެންނާނެ ކަމަށް ޕާކިސްތާނުން ބުނެފި

އަފްގާނިސްތާނުގައި ވަގުތީ ސަރުކާރު އެކުލަވާލާފައިވާ ތޯލިބާނު ޖަމާއަތް ބަލައިގަތުން ނޫން ގޮތެއް އެމެރިކާއަށް ނޯންނާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ. އެމެރިކާއިން އަފްގާ...

03 Oct 2021 | 09:39

އަފްގާނިސްތާނުގައި ވަގުތީ ސަރުކާރު އެކުލަވާލާފައިވާ ތޯލިބާނު ޖަމާއަތް ބަލައިގަތުން ނޫން ގޮތެއް އެމެރިކާއަށް ނޯންނާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން އަފްގާނިސްތާނުގައި 20 އަހަރުވަންދެން އަތް ގަދަކޮށްގެން އުޅުމަށް ފަހު އެ ގައުމުން ފޭބީ ތޯލިބާނުންނާއި ދެމެދު ވި އެއްބަސްވުމެއްގެ ދަށުންނެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ހެދި މި އެބަސްވުމުގެ ދަށުން ތޯލިބާނުން ޓެރަރިސްޓު އެއްވެސް ޖަމާއަތަކާއި ގުޅުން ގާއިމް ކުރުން މަނާވުމުގެ އިތުރުން އެމެރިކާއަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރާނެ އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ވިދާޅުވީ އެމެރިކާ ސިފައިން އަފްގާނުން ފޭބީ ފާޑަކަށް ތޯލިބާނުންނަށް އެ ގައުމު އެއްބަސްވުމެއްގެ ދަށުން ދީފަ ކަމަށެވެ. އަދި އެއްބަސްވުން އެކުލަވާލި އިރުވެސް މިހާޜު އަފްގާނަށް އައިސް އޮތް ހާލަތު އަންނާނެ ކަން އެމެރިކާއަށް އެނގޭނެކަމަށް އިމްރާން ވިދާޅުވި އެވެ.

އެހެން ކަމުން އަފްގާންގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދައި އިގްތިސޯދު ކޮޅަށް ޖަހަން އެހީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތަކަށް މަގު ފަހިވާން އޮތީ އެމެރިކާ އެ ޖަމާއަތް ބަލައިގަތުން ކަމަށް ވާނަމަ އެކަން ބޭނުން ނުވެ ތިބެ ނަމަވެސް އެމެރިކާއިން ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެމެރިކާއިން ހުއްޓުވާފައި ހުރިކަމަށް ބުނާ އަފްގާނިސްތާނުގެ ރިޒާވްގައި ހުރި ނުވަ ބިލިއަން އެމެރިކާ ޑޮލަރުވެސް ދޫކޮށްލަން މަޖުބޫރުވާނެ ކަމަށެވެ.

އިމްރާން ހާން ވިދާޅުވި ގޮތުގައި އެމެރިކާއަށް ތޯލިބާނުންގެ ސަރުކާރު ބަލައިގެންނަކަން ހާމަ ނުކުރެވިގެން އުޅެނީ ކުއްލި ގޮތަކަށް އަފްގާންގެ ވެރިކަމަށް އެ ޖަމާއަތުން އެރުމުން ޖެހުނު ޝޮކުން ސަލާމަތް ނުވެވިގެންނެވެ. އަދި އެމެރިކާގެ ވެރިން ތިބީ ހަދާގެ ގޮތެއް ނުވިސްނި ގޮތް ހުސްވެފައި ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ތޯލިބާން ސަރުކާރު ޕާކިސްތާނުން ބަލައިގެންނާނެ ކަމަށާއި އެކަމަކު ހަމައެކަނި އެގައުމުން އެ ޖަމައަތް ބަލައިގަނެގެން އަފްގާންގެ ހާލަތު ބަދަލު ކުރެވެން ނެތް ކަމަށެވެ. އެކަމަކު އަސްކަރީ ވެރިކަމަކީ އޭނާ ތާއީދު ކުރައްވާ ވެރިކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުންވެސް މީގެ ކުރިން ބުނެފައިވާ ގޮތުގައި ތޯލިބާނުންނަށް އެހާ ފަސޭހަ ކަމާއި އެކު އަފްގާންގެ ވެރިކަން ހިފުނީ އެކަމަށް އެމެރިކާ މަގުފަހިކޮށްދިނުމުންނެވެ. އެގޮތުން އެމެރިކާގެ ހަތިޔާރާ އަސްކަރީ އުޅަނދާއި އާލާތްތައް އަފްގާންގެ ސިޓީތައް ހިފުމަށް ތޯލިބާނުން ބޭނުން ކުރިކަން ވަނީ އެނގިފަ އެވެ.

އެކަމަކު އެފަދަ ގޮތަކަށް މަފަހިކޮށްދިން ނަމަވެސް ކުއްލި ގޮތަކަށް އެހާ އަވަހަށް އަފްގާންގެ ހުރިހާ ޕްރޮވިންސްތަކެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންދެވިދާނެ ކަމަށް އެމެރިކާއަށް ގަބޫލު ކުރަން ދަތިވީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް