އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ  މެންބަރުކަމުގެ މަޤާމަށް ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު އައްޔަންކުރައްވައިފިއެ...

03 Oct 2021 | 09:24

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ  މެންބަރުކަމުގެ މަޤާމަށް ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު އައްޔަންކުރައްވައިފިއެވެ.

އެކަމަަނާ މި މަޤާމަށް އައްޔަންކުރެއްވީ މިއަދު މެންދުރު ކުރިން ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެކަމަނާވަނީ މަޤާމުގެ ލިޔުމާއި ޙަވާލުވެލައްވާ މެންބަރުކަމުގެ ހުވާ ކުރައްވައިފައެވެ. ހުވާ ލައިދެއްވާފައިވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

އެކަމަނާ ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލް ކުރައްވާފައެވެ.

އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ މީގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އެއީ 2015 ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓަރނީ ކަމާއި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމު ފުރުއްވާފައެވެ.

އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓޭޗެއްގެ މަޤާމުވެސް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި ދެމެދު ފުރުއްވާފައިވެއެވެ. އަދި އެކަމަނާއަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީީ އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ޓީމުގެ މެންބަރެކެވެ.

މީގެ އިތުރުން އެކަމަނާވަނީ އިންސާނީ ޙައްގުތަކާއި ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނަރތަކުގައި ބައިވެރިވެލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް