އުމުރު ބަދަލުކުރުމާއި ގުޅޭ ގޮތުން ނެރެފައި އޮތް އާއްމު ސިޓީ ބާތިލްކޮށްފި

އުމުރު ބަދަލުކުރުމާއި ގުޅޭ ގޮތުން ނެރެފައި އޮތް އާއްމު ސިޓީ ބާތިލްކޮށްފި ސްޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ. ބާތިލުކުރީ ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޢުމުރު ބަދަލުކުރުމަށް އެދި ހު...

03 Oct 2021 | 08:17

އުމުރު ބަދަލުކުރުމާއި ގުޅޭ ގޮތުން ނެރެފައި އޮތް އާއްމު ސިޓީ ބާތިލްކޮށްފި ސްޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ބާތިލުކުރީ ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ނަމުގައި 2016 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުން އާއްމު ކުރި ނަންބަރު 2016/03 ޢާއްމު ސިޓީ އެވެ.

މި ސިޓީ ބާތިލުކުރީ މިއަދުގެ ވަގުތެއްގައެވެ. ސުޕްރީމް ކޯޓުން މިއަދު ހާސާކުރީ ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތެރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ އުމުރު ބަދަލުކުރުމާއި ގުޅޭ ގޮތުން ނެރެފައި އޮތް އާއްމު ސިޓީ ބާތިލްކޮށްފައި ކަމަށެވެ.

2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު އުސޫލު ބުނާ ގޮތުން އުފަން ތާރީޚް އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަ، އުފަންދުވަސް ކަނޑައެޅުމުގައި ހެއްކެއްގެ ގޮތުގައި ބަލާނީ (ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން) އުފަންތާރީޚްއަންގައިދޭ ރަސްމީ ލިޔުމަކަށެވެ. އެހެން ނަމަވެސް، ރަސްމީ ލިޔުމެއްގައި އޮތް ޢުމުރަކީ އަޞްލު ޢުމުރުނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަ (މިސާލަކަށް ބޭބެއަށްވުރެ ކޮއްކޮގެ ޢުމުރު ދޮށިވުން ނުވަތަ މައިންބަފައިންނާ ދަރިފުޅުގެ ޢުމުރު ދާދި އެއްވަރުވުން) އެފަދަ މައްސަލައެއްގައި ޢުމުރާބެހޭ ގޮތުން ގޮތެއް ނިންމާނީ ޢުމުރު ބަދަލުކުރަން ހުށަހަޅާފައިވާ ސަބަބަށް ރިޢާޔަތްކުރުމަށްފަހު ހެކިންގެ ހެކިބަހުންނެވެ.

އުފަންތާރީޚް އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރެ އަދި އެ ލިޔުންތަކުގައިވާ މަޢުލޫމާތު ތަފާތުނަމަ، އުފަންތާރީޚް ކަނޑައެޅުމުގައި ބަލާނީ އެތަނުން އެންމެ ޞައްޙަކަން ބޮޑު ލިޔުމަކަށް ކަމަށާއި ނަމަވެސް، އެތަނުން އެއް ލިޔުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ޝަރީޢަތުން އުފަންތާރީޚާބެހޭ ގޮތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމެއްކަމަށްވާނަމަ، އުފަންތާރީޚް ކަނޑައަޅާނި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެއުސޫލުގައި ބުނެފައި ބަޔާންކޮށްފައި އޮތެވެ.

އުފަންތާރީޚް އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަން ޝަރީޢަތަށް ސާބިތުވާ ޙާލަތެއްގައި، އުފަންތާރީޚާބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ ހެކިންގެ ހެކިބަހުން ކަމަށް އެއުސޫލުގައި ބަޔާންކޮށްފައި އޮތެވެ.

ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނީ، އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، އެ މައްސަލައެއްގެ ބާވަތަށާއި ހުށަހަޅާފައިވާ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު އޭނާ ރަށްވެހިވެފައިވާ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ މާލޭ ސިޓީ ކައުންސިލަށް، ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ނުވަތަ މިނޫނަސް މިފަދަ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ޚާއްޞަކުރެވިފައިވާ އިދާރާތަކަށް ޢުމުރާބެހޭ ގޮތުން ލިޔެ އިތުރަށް މަޢުލޫމާތު ސާފުކޮށް ކަށަވަރުކުރުމަށްފަހު އެ ލިބުނު މަޢުލޫމާތަކަށާއި އަދި މިނޫނަސް ކޯޓުން ޤަބޫލުކުރާ، ރަސްމީ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް އުޞޫލުގައި ބަޔާންކޮށްފައި އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް