ދެން އެންމެ އަވަހަށް އިވޭނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވި ސަސްޕެންޑްކޮށްފައި ހުރި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާ ނުކުރަން ނިންމާ ހަބަރުކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ޖަމީލު ވިދާޅުވެފައިވަނީ ފެންނަ ކަންކަމުން ސާފުވަނީ ޤާނޫނު ހިންގުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުރަނގަޅު ނުފޫޒު ފޯރުވަމުންދާކަން ކަމަށެވެ.
"އެސްއޯއެފުން ފައިސާ ލިބުނު ވަޒީރަށް، އެމްޑީޕީ މޭޔަރަށް އަދި މެމްބަރަކަށް ދަޢުވާ ނުކުރާނެ. ދެން އިވޭނީ މަޙްލޫފަށްވެސް ދަޢުވާ ނުކުރާ ޚަބަރު." ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.
"ފެންނަ ކަންކަމުން ސާފުވަނީ ޤާނޫނު ހިންގުމުގައި ރައީސް ނުރަނގަޅު ނުފޫޒު ފޯރުވާކަން. އެސްއޯއެފުން ފައިސާ ލިބުނު ވަޒީރަށް، އެމްޑީޕީ މޭޔަރަށް އަދި މެމްބަރަކަށް ދަޢުވާ ނުކުރާނެ. ދެން އިވޭނީ މަޙްލޫފަށްވެސް ދަޢުވާ ނުކުރާ ޚަބަރު. އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއްގެ ވެރި ބައެއް." ޑރ ޖަމީޅް ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1444530552267108359
ޖަމީލް ވިދާޅުވީ އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއްގެ ވެރި ބައެއްކަމަށެވެ.
މަހުލޫފްގެ މައްސަލައިގައި ދައުވާ ކުރުމާމެދު ޕީޖީއަށް ގޮތެއް ނުނިންމި ގިނަދުވަސްތަކެއް ވެފައިވާއިރު އެކަމުގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމުމަށް ރައީސް ޞާލިހްވެސް އެދިވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް