އެމެރިކާގައި ދަރިވައްޓާލުން މަނާ ގާނޫނާއި ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރަނީ

އެމެރިކާގައި އެބޯޝަން ހެއްދުން ނުވަތަ ދަރި ވެއްޓުން މަނާ ކުރަން ފާސްކުރި ގާނޫނާއި ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ. އެބޯޝަން މަނާކޮށް ގާނޫނެއް ފާސްކުރީ އެމެރިކާގެ ސްޓޭޓެއް ކަމ...

03 Oct 2021 | 07:27

އެމެރިކާގައި އެބޯޝަން ހެއްދުން ނުވަތަ ދަރި ވެއްޓުން މަނާ ކުރަން ފާސްކުރި ގާނޫނާއި ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.

އެބޯޝަން މަނާކޮށް ގާނޫނެއް ފާސްކުރީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސެސްގައި އެވެ. އެ ގާނޫނު ބުނާގޮތުން ބަލިވެ އިންނަކަން އެނގޭތާ ހަ ހަފްތާ ފަހުން ބަނޑުގައިވާ ދަރިފުޅު އެބޯޓު ކުރުމަކީ ގާނޫނީ ކުށެކެވެ.

މިދިޔަ މަހު އެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު ގާނޫނަށް އަމަލު ކުރަން ފެށި ދުވަހު އަންހެނަކަށް އެބޯޝަން ހައްދައިދިން ޑޮކްޓަރަކާއި ދެކޮޅަށް ކުށް ސާބިތުވެ ޖަލަށް ހުކުމް ކޮށްފަ އެވެ. މި ގާނޫނު ކުރިޔަށް އޮތް ތަނުގައި އެމެރިކާގެ އެހެން ސްޓޭޓްތަކުގައިވެސް ފާސްކޮށް އަމަލު ކުރަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެކަމާއި ދެކޮޅަށް އިއްޔެއިން ފެށިގެން އެމެރިކާގެ އެކި ސިޓީތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން އިއްޔެ އެކަކި 66 ގްރޫޕަކުން 10،000 އަށްވުރެ ގިނަ އަންހެނުން ބައިވެރިވެގެން މުޒާހަރާތައް ބާއްވާފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން އެއްވަމުން ދަނީ ސްޓޭޓްތަކުގެ ކޯޓުތަކާއި ސަރުކާރުގެ އިދާރާތަކުގެ ކައިރިއަށެވެ.

މުޒާހަރާ ކުރާ މީހުން ބުނަމުން ދަނީ އެބޯޝަން އަކީ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމަކަށް ހަދައި ދައުލަތުން އެކަމަށް ބާރު ފޯރުވާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ހަ ހަފްތާ ކަނޑައަޅާފައިވާއިރު އާންމުކޮށް އަންހެން މީހާއަށް ބަލިވެ އިންނަކަން އެނގެނީވެސް ފަހެއް ނުވަތަ ހަ ހަފްތާ ވާފަހުން ކަމަށް ބުނެފަ އެވެ.

އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ދަރިފުޅު އެބޯޓު ކުރުމަކީ އާންމު ކަމެކެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުންވެސް މިހާރު ދަނީ އެބޯޝަން ކޮންޓްރޯލް ކުރުމަށް މިފަދަ ގާނޫނުތައް ހަދައި އަމަލު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް