ފަރެސްމާތޮޑާ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއަރޕޯޓު ރަންވޭގެ އޭ.ބީ.ސީ. ފަށަލަ ހެދުމަށްޓަކައި ބޭނުންވާތަކެތި ސައިޓަށް ގެންގޮސްފި އެވެ.
ފަރެސްމާތޮޑާ އެއާޕޯޓު މަޝްރޫއު ކުރިޔަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިން ކޮންޕެނީ (އެމްޓީސީސީ) އިންނެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރިއަށް ދަނީ އެއަާޕޯޓްގެ ފަޔާ ބިލްޑިންގެ ސްޓްރަކްޗަރަލް މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އޭޕްރަންއަކާއި ސާވިސް ރޯޑު ޢިމާރާތް ކުރުން ހިމެނެއެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ 144.8 މިލިއަން ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް