ރިވެލި އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ. ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ،
ޖެންޑާ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހުގެ 14:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް ޖެންޑާ މިނިސްޓްރީގެ ކައުންޓަރުންނާއި، އެ މިނިސްޓްރީގެ ވެބްސައިޓް އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރިން ބުންޏެވެ.
ރިހިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުންދާ އެވޯޑެކެވެ.
އެންމެ ފަހުން ރިވެލި އެވޯޑް ދީފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ފަަހަރު 21 ފަރާތަކަށް ވަނީ އެވޯޑް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް