ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ލަސްނުކޮށް މުސާރަ ދޭން ހެލްތު ޕްރޮފެޝަނަލުންގެ ޔޫނިއަނުން ގޮވާލައިފި

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުނަށް ލަސްނުކޮށް މުސާރަ ޖަމާކޮށްދިނުމަށް އެދި ހެލްތު ޕްރޮފެޝަނަލުންގެ ޔޫނިއަނުން ގޮވާލައިފިއެވެ. މިކަަން އެ ޔޫނިއަންގެ ސަމާލުކަމަށް އައިސްފައިވަނީ އުތުރުގެ ރ...

03 Oct 2021 | 06:41

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުނަށް ލަސްނުކޮށް މުސާރަ ޖަމާކޮށްދިނުމަށް އެދި ހެލްތު ޕްރޮފެޝަނަލުންގެ ޔޫނިއަނުން ގޮވާލައިފިއެވެ.

މިކަަން އެ ޔޫނިއަންގެ ސަމާލުކަމަށް އައިސްފައިވަނީ އުތުރުގެ ރަށެއްގެ ސިއްޙީ ޙިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެއްގެ މުވައްޒަފަކު ކޮށްފައިވާ ޓުވީޓެއް އާންމު ވުމާއި ގުޅިގެންނެވެ.

އެ ޓްވީޓްގައި ބުނެފައިވަނީ އަދިވެސް މުސާރަ ޖަމާ ނުވާ ކަމަށާއި އެކަމާއި ޒިންމާ ނަންގަވާނީ ކޮންފަރާތެއްތޯ ސުވާލު އުފައްދާފައިވެއެވެ. އަދި ސިއްޙީ ޙިދުމަތް ތެރިންގެ މުސާރަ ދިނުން ލަސްކޮށްގެން ދެމުންދާ އަނިޔާ ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

މި ޓުވީޓު ހެލްތު ޕްރޮފެޝަނަލުންގެ ޔޫނިއަންގެ ސަމާލުކަމަށް އައުމުން އެކަން ފާހަގަ ކޮށް ސިއްޙީ ޙިދުމަތްތެރިންގެ މުސާރަ ލަސްވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަން ފާހަގަކޮށް މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމަށް އެދި ގޮވާލާފައިވެއެވެ.

https://twitter.com/MaldivesHPU/status/1444554418192478213

https://twitter.com/MaldivesHPU/status/1444356459844628485?s=20

ފާހަގަކޮށްލަންޖެހޭ ހަޤީގަތަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ނުހަނު ބުރަ ޝެޑިޔުލެއްގައި ސިއްޙީ ޙިދުމަތްތެރިން ޤައުމަށްޓަކާ ރެޔާ ދުވާލު މަސައްކަތް ކުރަމުންދާކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް