ރާއްޖޭގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.
އީސީން ހުއްދަ ދީފައިވަނީ "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. އަދި މި ޕާޓީ އުފެއްދުމަށް ހުއްދަދީފައިވަނީ މ. ކެލަން, މުޙައްމަދު އިސްމާއިލަށެވެ.
އޭނާ މީގެ ކުރިން ވެސް ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފަ އެވެ. ނަމަވެސް އެފަހަރު އޭނާއަށް އެހުއްދަ ނުދިނީ އެޕާޓީއަށް ކިޔަން ހުށަހަޅާފައިވާ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހު އެވެ.
އެފަހަރު އޭނާ ހުށަހެޅީ ނަމަކީ "ކަރިޝްމާ ޕާޓީ މޯލްޑިވްސް" އެވެ.
އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އަމަލުކުރާ އުސޫލަކީ ޕާޓީ ހުށަހެޅުމަށް އެދި އެކަމަށް ހުއްދަ ލިބުމުން، ޕާޓީއަށް އެކަށީގެންވާ މެމްބަރުން ހަމަކުރުމަށް ފަހު ރަޖިސްޓްރޭޝަން އަށް ހުށަހެޅުމެވެ.
ޕާޓީ ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 3،000 މެމްބަރުންގެ ސޮއި ހަމަވެގެން ނެވެ.
https://twitter.com/ElectionsMv/status/1444538898978271236
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް