މާލޭގައި ހުމާއި ރޯގާ އިތުރުވެފައިވާތީ އޭޑީކޭ ހޮސްޕިޓަލުންގައި ހާއްސަ ހެލްތް ސެންޓަރެއް ހަދައި ފަރުވާ ދޭން ފަށައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ މި ސެންޓަރުން ހިދުމަތްދޭނީ ރަސްމީ ގަޑި ނިމުމުން ކަމަށެވެ. ސެންޓަރުގެ ހިދުމަތް ދިނުމަށް ހަމަޖެހިފަިއވަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 ން ރޭގަނޑު 10:00 އަށެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ސެންޓަރަކީ ހުމާއި އަރިދަފުސްރޯގާ ޖެހި ކެއްސާތި ޑޮކްޓަރަށް ދައްކާ މީހުންނަށް ހާއްސަ ޖެނެރަލް އޯޕީޑީއެއް ކަމަށެވެ.
މި ސެންޓަރު ހުޅުވަން ނިންމީ މި ދުވަސްވަރު ހުން އައިސް އަރިދަފުސް ރޯގާ ޖެހިގެން އެމަޖެންސީ އާއި އާންމު ބަލިތަކުގެ ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެފައިވާތީ އެވެ.
މީގެ ކުރިންވެސް ހުމާއި ރޯގާ އިތުރުވާނަމަ އެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކް ހުޅުވައި ހާއްސަ ފަރުވާ ދީފަވެ އެވެ.
އައިޖީއެމްއެޗްގައި މިދިޔަ މަހު 26 ގައި ވަނީ ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް