ކޮނޑުމަތީ ދަރިފުޅު އުފުއްލި މަންމަ އަށް ލިޓަސް އިން ސައިކަލެއް ހަދިޔާކޮށްފިއެވެ.
ލިޓަސްގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން އާސިފް ރަޝީދު ވިދާޅުވީ މީސްމީޑިއާގައި ވީޑިއޯ ވައިރަލްވުމުން އެ ކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސް ވެވެން އޮތް އެހީތެރިކަމެއް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނީ ކަމަށެވެ. އަދި މީގެ ބޭނުމަކީ އެހެން ކުންފުނިތަކުން ވެސް މި ފަދަ ކަންކަމުގައި އެހީތެރިވުމަށް ބާރު އެޅުން ކަމަށް އާސިފް ވިދާޅުވިއެވެ.
"ސަމާލުކަމަށް އައުމުން ވަގުތުން މީޓިންއެއް ބާއްވާ އެހީތެރިވެވޭނެ ގޮތަކީ ކޮބައިތޯ މަޝްވަރާކުރެވުނު" އާސިފް ވިދާޅުވިއެވެ.
https://www.facebook.com/326177187536560/posts/2022629001224695/
ސްކޫލު ކުއްޖަކު ބުރަކަށިމައްޗަށް ލައިގެން މަންމައަކު ހުޅުމާލޭގެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓަށްދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށް ގިނަ ބަޔަކު ވަނީ އޭނާ އަށް އެހީތެރިވާން ތެދުވެފައެވެ.
އަންހެން މީހާގެ ދެ ދަރިން ތިބޭ އިރު، އޭނާގެ ބުރަކަށިމަތީގައި އުފުލީ ހަ އަހަރުގެ ފިރިހެން ކުއްޖާއެވެ. ދެން ހުންނަނީ 11 އަހަރުގެ ފިރިހެން ކުއްޖެކެވެ. ހަގުކުއްޖާ ގަލޮޅު މަދަރުސާގައި ތައުލީމު ހާސިލުކުރާއިރު 11 އަހަރުގެ ކުއްޖާ ތައުލީމު ހާސިލުކުރަނީ މަޖީދިއްޔާ ސްކޫލުގައެވެ.
މި ހާދިސާ އަށް ފަހު ސަރުކާރުން ވަނީ ހުޅުމާލެ ފޭސް ދެ އަކަށް ބަސް ދަތުރު ވެސް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް