ދ. މާއެނބޫދޫ، މ. ވޭވަށް އަދި ލ. ފޮނަދޫގައި ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެ ތިން ރަށް މޮނިޓަރިންއަށް ލީ މިއަދު އެވެ. މިއީ މިމަހު ކޯވިޑާއި ގުޅިގެން ރަށްތަކެއް މޮނިޓަރިންއަށްލީ ފުރަތަމަ ދުވަހެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ތިން ރަށުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި މާއެނބޫދޫ، ވޭވަށް އަދި ފޮނަދޫއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
މި ތިން ރަށުގެ ތެރެއިން ފޮނަދޫގައި ކޯވިޑް ޖެހިފަ ތިބި 14 މީހުން އެބަތިއްބެވެ.
ކޯވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރުމަށް މިވަގުތު 19 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެހުރިހާ ރަށަކީވެސް މިދިޔަ އޮގަސްޓު އަދިި ސެޕްޓެމްބަރު މަހާއި މިމަހު މޮނިޓަރިންއަށްލީ ރަށްތަކެވެ.
މިހާޜު އަރައި ފޭބުން މަނާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު މޮނިޓަރިންއަށް ލީ ކ. ގާފަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް