އިޓަލީ ލީގު: ޓޮރީނޯ އަތުން މޮޅުވެ ލީގުގެ އަށް ވަނައަށް ޔުވެންޓަސް ޖެހިލައިފި

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ޓޮރީނޯއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޔުވެންޓަސް ލީގުގެ އަށް ވަނައަށް ޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ޓޮރީނޯ އަތުން 0-1 ގެ ނަ...

03 Oct 2021 | 04:30

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ޓޮރީނޯއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޔުވެންޓަސް ލީގުގެ އަށް ވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ޓޮރީނޯ އަތުން 0-1 ގެ ނަތީޖާއަކުންނެވެ.

ޓޮރީނޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ލަނޑެއް ޖަހަން ޔުވެންޓަސްއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިއަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މޮއިސް ކީން އާއި ވެސްޓަން މެކެނީއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، މި ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.

ދެޓީމުންވެސް ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް މެޗު ނިމެން ވަރަށް ގާތްވެެފައި ވަނިކޮށް ޔުވެންޓަސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. 86 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފެޑެރީކޯ ކިއޭސާގެ އެހީތެރިކަމާއެކު މަނުއެލް ލޮކަޓެއްލީއެވެ. ލޮކަޓެެލީއަކީ މިފަހަރުގެ ސީޒަނަށް ސަސުއޯލާއިން ލޯނު އެއްބަސްވުމުގެ ދަށުން ޔުވެންޓަސްއަށް ބަދަލުވި ކުޅުންތެރިއެކެވެ. މިއީ އޭނާ ޔުވެންޓަސްއަށް ބަދަލުވި ފަހުން މިފަހަރުގެ ސީޒަނުގައި ކާމިޔާބު ކުރި ދެވަނަ ލަނޑެވެ.

ރޭގެ މޮޅާއި އެކު ކުޅުނު ކުޅުނު ހަް މެޗުން ލިބުނު 11 ޕޮއިންޓާއި އެކު ލީގުގެ އަށް ވަނައަށް ޔުވެންޓަސް ޖެހިލިއިރު، ޔުވެންޓަސް އަތުން ބަލިވި ޓޮރީނޯ އޮތް އަށް ޕޮއިންޓާއި އެކު 10 ވަނާގައެވެ.

ތާވަލުގެ އެއްވަނާގައި 18 ޕޮއިންޓާއި އެކު ނަޕޮލީ އޮތްއިރު، ދެވަނާގައި 17 ޕޮއިންޓާއި އެކު އޮތީ އިންޓަ މިލާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް