ޑާކްރެއިންގެ ފިލްމާއި ޑްރާމާތައް ކުޅެން ޝައުގުވެރިވާ ކުޑަކުދިންނާއި ބޮޑެތި މީހުން ހޯދަނީ

ދިވެހި ފިލްމީ ދާއިރާގައި ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފިލްމުތަކާއި ޑްރާމާ ސިިލްސިލާތަކުގައި އެކްޓު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ހުޅުވާލަ...

03 Oct 2021 | 03:47

ދިވެހި ފިލްމީ ދާއިރާގައި ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފިލްމުތަކާއި ޑްރާމާ ސިިލްސިލާތަކުގައި އެކްޓު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ އެކްޓިންއަށް ޝައުގުވެރިވާ ފަރާތްތަކަށްދާއިރާއިން ކުރިޔަށް ދިއުމަށް މިއީ ފަހި ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ. ޝައުގުވެރިވާ އުމުރުން 60-10 އަހަރާއި ދެމެދުގެ މީހުންނަށް ފުުރުސަތު އެބަ އޮތެވެ.

ޑާކްރެއިންއިން ބުނީ އެ އުމުރުފުރާތަކުގެ އަންހެނުންނާއި ފިރިހެނުންނަށް ފުރުސަތު އެބައޮތް ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން ޖެހެނީ އެމީހަކާއި ގުޅޭ މައުލޫމާތުތަކާއި އެކު ފަހުގެ ފޮޓޯއެއް އީމެއިލް ކުރާށެވެ. އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.

ޑާކް ރެއިންއިން މިހާރު ކުރަމުންދާ މަސައްކަތްކުގެ ތެރޭގައި ޑްރާމާ ސިލްސިލާ "ގިރިޓީ ލޯބި"ގެ މަސައްކަތް ހިމެނެ އެވެ. 20 އެޕިސޯޑުގެ މި ސިލްސިލާ ސްޓްރީމް ކުރުމަށް ހަމަޖެހިފައިވަނީ ބައިސްކޯފުންނެވެ.

"ގިރިޓީ ލޯބި" މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިންނަކީ މުހައްމަދު ވިޝާލް (ރޯމަން)، އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު، މުހައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް