200 ކިލޯގެ ރަނާއި 2،000 ކިލޯގެ އެލުމިނިޔަމް ބޭނުންކޮށްގެން މުސްހަފެއް ފަރުމާ ކުރަނީ

ޕާކިސްތާނުގެ އާޓިސްޓެއް ކަމުގައިވާ ޝާހިދު ރައްސާމް 200 ކިލޯގެ ރަނާއި 2000 ކިލޯގެ އަލުމިނިޔަމް ބޭނުން ކޮށްގެން މުސްޙަފެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިއެވެ. އޭނާގެ މި މަސައްކަތުގައި 200 އާޓިސްޓުން...

03 Oct 2021 | 03:21

ޕާކިސްތާނުގެ އާޓިސްޓެއް ކަމުގައިވާ ޝާހިދު ރައްސާމް 200 ކިލޯގެ ރަނާއި 2000 ކިލޯގެ އަލުމިނިޔަމް ބޭނުން ކޮށްގެން މުސްޙަފެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އޭނާގެ މި މަސައްކަތުގައި 200 އާޓިސްޓުން އެހީތެރިވާނެއެވެ. މި މުޞްޙަފުގެ ފްރޭމުގެ ސައިޒަކީ 8.5 ފޫޓެވެ. އަދި މުޞްޙަފްގެ ބޮޑު މިނަކީ 6.5 ފޫޓެވެ.

މި މަސައްކަތް ވެގެންދާނީ އިސްލާމީ ތާރީޙުގައި ވެސް ރަން އަކުރުން ފަވާލެވޭނޭ ވަރުގެ އަގުހުރި ޙިދުމަތަކަށެވެ. އެއީ މިއީ ތާރީޙުގެ ތެރެއިންވެސް އަދި މުޅި ދުނިޔެއިންވެސް މިހާބޮޑު މުޞްޙަފެއް ތައްޔާރުކުރެވޭ ފުރަތަމަ ފަހަރެވެ.

ރައްސާމު ހާމަކުރިގޮތުގައި މި މުޞްޙަފުގައި 80،000 ހާސް ބަސް ހިމެނޭއިރު 550 ސަފްހާ ހިމެނެއެވެ. އަދި ކޮންމެ ޞަފްހާއެއްގައި 150 ބަސް ހިމެނޭނެއެވެ.

މިހާރު ދުބާއީގައި ކުރިޔަށް ދާ "އެކްސްޕޯ 2020 ދުބާއީ" ގައި ރައްސާމް އޭނާގެ މުޞްޙަފުން އައްރަޙްމާން (ރަޙުމުކުރައްވާ ރަސްކަލާނގެ) ސޫރަތް ފަރުމާކޮށްފައި އާންމުންނަށް ދައްކާލާނެއެވެ.

ރައްސާމް އިތުރަށް ހާމަ ކުރިގޮތުގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ 2025 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް