އައްޑޫ ސިޓީއާއި ދުރުނޫން ސަރަހައްދަކަށް ބިންހެލުމެއް އަތުވެއްޖެއެވެ.
ރާއްޖޭގެ، މޫސުމާއިބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފައިވަނީ މި ބިންހެލުން އައިސްފައިވަނީ މިޑް އިންޑިއަން ރިޖަށް ކަމަށެވެ.
މި ބިންހެލުން ނޯޓު ކުރެވިފައިވަނީ މިރޭ މެންދަމު 01:43 ހާއިރު ކަމަށާއި މި ބިންހެލުމަކީ 5.5 މެގްނިޓިއުޑް ބާރުުމިނުގައި މިޑް އިންޑިއަން ރިޖްގެ 10 ކިލޯ މީޓަރު ފުނުން ފާހަގަކުރެވުނު ބިންހެލުމެއް ކަމަށްވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާގޮތުގައި މި ބިންހެލުން އައިސްފައިވަނީ އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރު ސަރަހައްދަކަށެވެ. މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރެއް ކޮށްފާނެކަމަށް ނުބެލެވޭކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް