ހާސްކަމެއް ނުބާއްވާތި، ގަމްބިއާގެ ރައީސަށް ވީގޮތް ހިތަށް ގެންނެވީމަ ރަނގަޅުވާނެ: މަހްލޫފް

މާ ބޮޑު ހާސްކަމެއް ނުބޭއްވުމަށާއި ގަމްބިއާގެ ރައީސް ޔަހްޔާ ޖަމޭއަށް ވީގޮތް ހިތަށް ގެންނެވީމާ ރަނގަޅުވާނެކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވިދ...

03 Oct 2018 | 17:25

މާ ބޮޑު ހާސްކަމެއް ނުބޭއްވުމަށާއި ގަމްބިއާގެ ރައީސް ޔަހްޔާ ޖަމޭއަށް ވީގޮތް ހިތަށް ގެންނެވީމާ ރަނގަޅުވާނެކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިމިވަނީ 12 ދާއިރާއާއެއްގެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުމެއް މިރޭ ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވަނިކޮށެވެ.

މަހްލޫފް މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޔަހްޔާގެ ލަފުގަ ހިފާ ދުރުކޮށް، ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ހަވާލުކޮށްދިން ކަމަށެވެ.

ޔަހްޔާ ޖަމޭއަށް ވީ ގޮތަކީ 2017 ޑިސެމްބަރުގައި ގަމްބިއާގައި ބޭއްވި ރިޔާސީ އިންތިހާބުން ބަލިވެވަޑައިގެންނެވުމުން އެ ނަތީޖާ ގަބޫލުފުޅުކުރެއްވުމަށްފަހު ފަހުން މަގާމުގައި ހުންނަން ގަދަފައި ވިއްދާފައި ހުންނަވަނިކޮށް ކައިރި ގައުމުތަކުން ގަމްބިއާ އަށް އަރާ ޔަހްޔާ ކުޑަކަކޫ ޖެހުމަށް މަޖުބޫރު ކުރުވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް