މިރޭ މެންދަމާއި ހަމައަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކަނޑު ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.
މިރޭ 22:00ގައި ނެރުނު މި އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު މި އެލާޓްގައި ބުނެފައިވަނީ މިރޭ 22:15 އާއި މިރޭ 02:15 އާއި ދެމެދުގެ ވަގުތުތަކުގައި ހއ އިން ފެށިގެން މ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް