އިލެކްޝަންސުން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

12 ދާއިރާއާއި މެދު އިލެކްޝަންސުން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ. "03 އޮކްޓޯބަރ 2018 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި އެ ކޮމިޝަނުގެ 442 ވަނަ ޖަލްސާގައި، ބަޔާންކުރެވު...

03 Oct 2018 | 16:40

12 ދާއިރާއާއި މެދު އިލެކްޝަންސުން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

"03 އޮކްޓޯބަރ 2018 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި އެ ކޮމިޝަނުގެ 442 ވަނަ ޖަލްސާގައި، ބަޔާންކުރެވުނު 12 ފަރާތާމެދު ނިންމާފައިވާ ނިންމުންތަކަކީ ބާތިލު ނިންމުންތަކެއް ކަމަށް ކަނޑައެޅުމާއެކު،

ރައްޔިތުންގެ މަޖިލީހުގެ ބަޔާންކުރެވުނު ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާމެދު ޚިލާފު އުފެދިފައިވާކަމަށް ބުނެ ބަޔާންކުރެވުނު 12 ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން މި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ބަޔާންކުރެވުނު 12 ފަރާތް ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައިވެސް ބާޠިލް އަތި ޣައިރު ދުސްތޫރީ ނިންމުމަކަށް ކަމަށް ކަނޑައަޅައި، މިކަން ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ އެންމެހައި އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި އަމުރުކޮށްފީމެވެ." ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް