ބޭންކް އޮފް މޯލްޑިވްސްގައި ތަފާތު ދުވަހެއް !

ތަފާތު ކުލަކުލައިގެ ފުއްޕާހަމާއި އެކި ކަހަލަ ކަރުދާސް ބޭނުންކޮށްގެން ބީއެމްއެލްގެ ބްރާންޗްތަކާއި ޑިޕާރޓްމަންޓްތައް މިއަދު ވަނީ ޒީނަތްތެރިކޮށްފަ އެވެ. ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެކި އުމުރުފުރާ އާ ...

03 Oct 2018 | 10:09

ތަފާތު ކުލަކުލައިގެ ފުއްޕާހަމާއި އެކި ކަހަލަ ކަރުދާސް ބޭނުންކޮށްގެން ބީއެމްއެލްގެ ބްރާންޗްތަކާއި ޑިޕާރޓްމަންޓްތައް މިއަދު ވަނީ ޒީނަތްތެރިކޮށްފަ އެވެ.

ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެކި އުމުރުފުރާ އާ ގުޅޭ ހަރަކާތްތަކެއްވެސް ދަނީ ހިންގަމުންނެވެ. ހުރިހާ މުވައްޒަފުންގެ މޫނު މަތިން ވެސް ފެނިގެން ދިޔައީ އުފާވެރި ކަމެވެ. މިއަދަކީ ބޭންކުގެ މުވައްޒަފުންގެ ކުދިން ބޭންކަށް ޒިޔާރަތްކުރުމަށް ހާއްސަކުރެވުނު ދުވަހެވެ.

950 ގިނަ މުވައްޒަފުން މަސައްކަތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ " މިއަދަކީ މުވައްޒަފުން ހާއްސަ އިސްކަމެއް ކަމެއް ދޭ ދުވަހެއް. ބީއެމްއެލްގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުން. އެ މުވައްޒަފުންގެ ހިދުމަތްތަކަކަކީ އަގުވަޒަން ކުރެވޭ ވަރަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ކުދިންނަށް މި ފަދަ ހިތްގައިމު މާހައުލެއް ގާއިމްކޮށްލެވޭ ކަމީ ހުރިހާ މުވައްޒަފުންނަށްވެސް ލިބޭ އުފަލެއް. ބޭންކުގެ މުވައްޒަފުންނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާ އަދި ބީއެމްއެލް އަކީ ގައުމުގެ އިގްތިސާދު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުންދާ އެއް ކުންފުނި"

މި ދުވަސް ފާހަގަކުރަމުންދާ މުވައްޒަފުންވެސް ބުނީ މިއަދު ކުރެވޭ އިހުސާސްތައް ވަރަށް ތަފާތު ކަމަށާއި ކުދިންނާއި އާއިލާގެ ތުއްތު ކުދިންނާއެކު، މިފަދަ ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ވަރަށް އުފާކުރާ ކަމަށެވެ.

މިއަދުގެ ހަރަކާތްތަކުގައި ބައިވެރިވި މުވައްޒަފަކު ބުނީ "ވަރަށް ތަފާތުކޮށް މިއަދު އިހުސާސް ކުރެވެނީ. އަޅުގަނޑުމެންް އޮފީހުގައި ކުރަމުންދާ މަސައްކަތް ކުދިންނަށް އެބަ ދައްކުވައިދެވޭ. އަދި އެހެން ކުދިންނާއެކު އުފާވެރި އަދި ތަފާތު ކުޅިވަރުކުޅުމުގެ ހަރަކާތްތަކުގައި މިވަނީ ބައިވެރިވެފަ. މިއީ މަސައްކަތް ބުރަ އޮފީހެއް. އެކަމަކު އާއިލާގެ ފަރާތުން ލިބެމުން އަންނަ ލޯބިންނާއި މަސައްކަތުގެ މާހައުލަކީ މަސައްކަތްކުރުމަށް އިތުރު ހިތްވަރެއްލިބޭ ކަމެއް."

ބީއެމްއެލްގެ މުވައްޒަފުން މަސައްކަތް ކުރުމަށް ހުންނަ ޝައުގުވެރިކަން މަތީ ފެންވަރެއްގައި ހިފެހެއްޓުމުގެ ގޮތުން ކުންފުނިން ހިންގާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މިއަހަރު  ބީއެމްއެލް އިން ވަނީ އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރަން އެންމެ ރަނގަޅު ކުންފުނިތަކަށް ދޭ އެވޯޑް ޖެހިޖެހިގެން ދެވަނަ އަހަރު ހޯދާފައެވެ.

ބީއެމްއެލް އިން ވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބީއެމްއެލް ކިޑްސް ސޭވަރ ޕްރޮމޯޝަނެއް މި މަ މަހުގެ އެއްވަނަ ދުވަހު ފަށާފައެވެ. ޕްރޮމޯޝަންގެ މުއްދަތުގައި ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 15،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އިތުރު 3 ފަރާތަކަށް 5،000 ރުފިޔާވެސް ލިބިގެން ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް