މަޖިލީހުގެ 12 ދާއިރާގެ ބައި އިލެކްޝަން ނުބާއްވަން ނިންމައިފ

ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބޭއްވުމަށް ކުރި އިއުލާނު އިލެކްޝަންސް ކޮމިޝަނުން ބާތިލު ކޮށްފި އެވެ. އެ ކޮމިޝަނުން މިއަދު ބުނީ އެ ދާއިރާތަކު...

03 Oct 2018 | 08:04

ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބޭއްވުމަށް ކުރި އިއުލާނު އިލެކްޝަންސް ކޮމިޝަނުން ބާތިލު ކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ކުރި އިއުލާނު ބާތިލު ކުރަން ނިންމީ ސުޕްރީމް ކޯޓުގައި މިހާރު އެ މައްސަލައިގެ އަޑު އެހުންތައް ކުރިޔަށް ދާތީ އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން ކަމަށެވެ.

އަދި އީސީގެ އެ ނިންމުން މިހާރު ވާނީ ރައްޔިތުންގެ މަޖިލީހާއި ކަމާބެހޭ ހުރިހާ އިރާދާތަކަކަށް އަންގާފަ ކަމަށެވެ.

އީސީން މިގޮތަށް މިއަދު ނިންމި އިރު މި މައްސަލައިގަ މެންބަރުންގެ ގޮނޑި އީސީން ގެއްލުނު ކަމަށް ކަނޑައެޅުމުން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް