މޫުސުން ގޯސްވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
އެނާޓު ނެރެފައިވަނީ ހެނދުނު10:00 ން މެންދުރު ފަހު 2:00 އަށެވެ. މެޓް އޮފީހުން ބުނީ އެ ވަގުތުގައި އެ އަތޮޅުތަކަށް 27 މޭލާއި 36 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަލި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދތަކުގެ ކަނޑުތައްވެސް އާދަޔާ ހިލާފަށް ގަދަވާނެ އެވެ. މިހާރު ކުރަމުންދާ ވިއްސާރަ އަންނަ ހޮނިހިރު ދުވަހަހާއި ހަމައަށް ކުރާނެ ކަމަށް ލަފާ ކުރެ އެވެ.
މުޅި ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރަމުންދާ ވިއްސާރަކަމަށް މެޓް އޮފީހުން ބުނެ އެވެ.
މި ވިއްސާރައިގަ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮަށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް