އެތަން މިތަނުން މި ފެންނަނީ ކާކަށް ކޯއްޗެއް "ލިބޭ" ވާހަކަ !

ފާއިތުވި ދެތިން ދުވަހަކު މުޅި މާލޭގެ އެތަން މިތަނުން މި ފެންނަނީ ކޮންމެވެސް އެއްޗެއް "ލިބޭ" ވާހަކައެވެ. ބޮޑުތަކުރުފާނު މަގުގައްޔާއި މާރުކޭޓު ގޮޅިތަކުގައްޔާއި އަދި ހަތަރު އަނގޮޅި ކަންމަތިތަކުންވެސް ފެނ...

03 Sep 2024 | 15:00

ފާއިތުވި ދެތިން ދުވަހަކު މުޅި މާލޭގެ އެތަން މިތަނުން މި ފެންނަނީ ކޮންމެވެސް އެއްޗެއް "ލިބޭ" ވާހަކައެވެ. ބޮޑުތަކުރުފާނު މަގުގައްޔާއި މާރުކޭޓު ގޮޅިތަކުގައްޔާއި އަދި ހަތަރު އަނގޮޅި ކަންމަތިތަކުންވެސް ފެންނަނީ އެ "ލިބޭ" އެއްގެ ވާހަކައެވެ.

މި ދައްކަނީ މާލޭގައްޔާއި ރާއްޖޭ އެކި ރަށްރަށުގައި ބައެއް ފާރުތަކުގައްޔާއި ބިލްބޯޑުތަކުގައްޔާއި އަދި ބައެއް އާއްމު ސަރަހައްދުތަކުގައި ރަތް ކުލައިގެ ގަނޑެއްގައި ހުދުކުލައިން ލިޔެ ތަތްކޮށްފައިވާ "ލިބޭ" އެއްގެ ވާހަކަ އެވެ.

ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު އަންނަނީ މިއީ ކޮން "ލިބޭ" އެއްކަން ނޭނގިގެން ސުވާލު އުފައްދަމުންނެވެ.

މިއީ ކޮންބައެއްގެ ކަމެއްކަން އަދި ނޭނގެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ ކޮންމެވެސް ބައެއްގެ ކޮންމެވެސް ޕްރޮމޯޝަނެކެވެ. އެހާ ފުޅާގޮތެއްގައި އެހާ ފާޅުކަންބޮޑު ގޮތެއްގައި އެ އިސްތިހާރު މުޅި ރާއްޖެއަށް ފަތުރާލާފައިވާއިރު ބެލެވޭގޮތުގައި މާ ލަސްތަކެއް ނުވެ އެއީ ކޮން ލިބޭއެއްކަން އެނގިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް