ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކުރި، އިކްރާމްގެ ބަންދަށް ތިން ދުވަސް!

މިދިޔަ ޖުލައި މަހު ހުޅުމާލޭގައި ހިނގާ ދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ބާރު ސްޕީޑްގައި ކާރު ދުއްވި އިބްރާހިމް އިކްރާމް ބަންދަށް ތިން ދުވަސް ދީފިއެެވެ. އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިކްެރާމ...

03 Sep 2024 | 11:34

މިދިޔަ ޖުލައި މަހު ހުޅުމާލޭގައި ހިނގާ ދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ބާރު ސްޕީޑްގައި ކާރު ދުއްވި އިބްރާހިމް އިކްރާމް ބަންދަށް ތިން ދުވަސް ދީފިއެެވެ.

އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިކްެރާމް ފިލައިގެން އުޅެނިކޮށް އެރޭ އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުކޮށްފައެވެ.

އެހެންނަމަވެސް އޭނާ މިނިވަންވީ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ގޯސްވެގެންނެވެ.

އޭނާ މިނިވަން ކުރި އަމުރުގައި ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ނެރުނު އަޑުއެހުމުގައި ވަކީލެއްގެ ފުރުސަތު އޭނާއަށް ނުދޭ ކަމަށް ބުނެފައެވެ. އަދި ހައިކޯޓުގެ އެ އަމުރުގައި ބުނި ގޮތުގައި މުވައްކިލުންގެ ފަރާތުން8:28 ގައި ވަކީލަށް ރުހުން ދިންއިރު ފުލުހުންގެ އިދާރާއިން9:52 ގައި ވަކީލު އައްޔަންކުރިއެވެ.އެހެން ނަމަވެސް10:04 ގައި އިކްރާމްގެ ޝަރީއަތުގެ އަޑުއެހުން ފެށުނުއިރު ވަކީލު އައްޔަންކުރިކަން ވަކީލަށް އަންގާފައިވަނީ10:06 ގައެވެ.

އެހެންކަމުން ވަކީލެއްގެ ފުރުސަތު އިކްރާމަށް ނުދިނުމުން އެ ނިންމުން ބާތިލުކޮށް އޭނާ މިނިވަންކުރީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ހައިކޯޓުގެ އެ ނިންމުމާއި އެކު ފުލުހުން ވަނީ އަލުން ކޯޓު އަމުރެއް ހޯދަައިގެން އެ ރޭ މެންދަމުގެ ވަގުތެއްގައި އިކްރާމް ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ތިން ދުވަސް ދީފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް