މި މީހުން ހައްޔަރުކުރަން "ދަގަނޑު ޖަންގިޔާ ފައުޖެއް" ނުފޮނުވާ. ދިވެހި ފުލުހުން ފިލާވަޅު ދަސްކުރާކަށް ނުވޭތޯ؟:ޑރ އިޔާޒް

ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުން ގެންދެވި ޑރ ޝަޒްރާ އަދި އައިޝަތު ޝާދިޔާ ހައްޔަރުކުރުމާއި ގުޅިގެން ޑރ މުހައްމަދު އިޔާޒް ދަނީ އެކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ. ޑރ ޝަޒްރާ އަދި އައިޝަތު ...

03 Sep 2024 | 10:53

ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުން ގެންދެވި ޑރ ޝަޒްރާ އަދި އައިޝަތު ޝާދިޔާ ހައްޔަރުކުރުމާއި ގުޅިގެން ޑރ މުހައްމަދު އިޔާޒް ދަނީ އެކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.

ޑރ ޝަޒްރާ އަދި އައިޝަތު ޝާދިޔާ ހައްޔަރުކޮށްފައިވަނީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ޝަފީރަކަށް އުދަނގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުންގެ ބަންދަށް ފުރަތަމަ ތިން ދުވަސް ޖެހުމަށް ފަހު ބަންދުގެ މުއްދަތު ފަހުން އިތުރުކޮށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

އިޔާޒް ވިދާޅުވީ، ގޭގެ ވަށައިގެން ސަލާމަތީ ކެމެރާތައް ހަރުކޮށްފައި، އެތައް ބައިވަރު ހަށިފާރަވެރިން ތިބި ތަނަކަށް ނިކަމެތިި ދެ އަންހެނުން ގޮސް ފަލަސްތީނުގެ އަހުންނާއި އުހުތުން އުފުލަމުން ގެންދަވާ ވޭންތަކުގެ ވާހަކަތައް ދެއްކުމުން ތިމަންނާއާއި ދަރިންނަށް ބިރުދައްކާކަމަށް ބުނެ، އައުވާނުން ލައްވާ ވާހަކަބޮޑުކޮށްގެން ދޮގު ޚަބަރު ފަތުރާ، ފުލުހުންނަށް ޕްރެޝަރުކޮށް އެ ދެ އަންހެނުން ހައްޔަރުކުރުމަކީ ލަދުވެތި ކަމެއް ކަމަށެެވެ.

އެގޮތުން އިޔާޒް ވަނީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމާއި ގުޅޭ ވީޑިއޯއެއް ހިއްސާކޮަށް، ޑރ ޝަޒްރާ އަދި ޝާދިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރެއްވި ގޮތާއި މެދު  ނުރުހުން ފާޅުކުރައްވާފައެވެ.

"މިމީހުން ހައްޔަރުކުރަންް "ދަގަނޑު ޖަންގިޔާ ފައުޖެއް" ނުފޮޮނުވާ. ފިލާވަޅު ދަސް ކުރާކަން ނުވޭތޯ؟" ދިވެހި ފުލުހުންނަށް ޓެގް ކުރައްވަވާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފުލުހުން ޓެގް ކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މީހުން ހައްޔަރުކުރި މައްސަލައިގައި ދިވެހި ފުލުހުން ވަރަށް ބޮޑަށް ދޮގު ހަދާ ޢާއްމުންނަށް ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ދޮގު ހަދައިގެން ތިމާމެންގެ ޖައްބާރުކަން މަތީޖަހަން އުޅުނު ނަމަވެސް މާތް ﷲ އެމީހުން ފަލީހަތް ކުރައްވާނެ ކަމަށެވެ.

"ތިޔަ ދޮގުތަކަށް މަހުޝަރު ދުވަހުން ޖަވާބުދާރީ ވާން ޖެހޭނެ ކަން ހަދާން ބަހައްޓާތި" ޑރ އިޔާޒް ވިދާޅުވިއެވެ.

އަދި އެ ދެ އަންހެނުން ތިބީ ފުލުހުން ރަހީނު ކުރައްވާފައި ކަމަށް ވެސް އިޔާޒް ވަނީ ސިފަ ކުރައްވާފައެވެ.

ް ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ، ސަފީރުގެ އޮފީސްދޮށަށް ގޮސް އަޑުގަދަކޮށް އޮފީސް އިމާރާތް ތެރެއަށް ކުނިއަޅާ ހެދުމުން ކަމަށާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލަވާ، ބޭ އަދަބީ ބަހުރުވައިން މުއާމަލާތް ކޮށްފައިވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް