މަޝްހޫރުކަން ހޯދަން އަޅުގަނޑު ނަން ބޭނުންނުކުރައްވާ، އަޅުގަނޑާއެކު ޖަމީލު އިސްވެ ހުންނަވައިގެން ނޫންތޯ ރައީސް ޔާމިންގެ ވެރިކަން ވައްޓާލީ؟: އަދީބު

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ވައްޓާލުމަށް، އެވެރިކަމުގެ ނައިބު ރައީސް އަކަށް އޭރުް ހުންނެވި ޑރ މުހައްމަދު ޖަމީލް އަހްމަދާއި އެކު ހަރަކާތެރިވެފައިވާ ކަމަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަ...

03 Sep 2024 | 09:40

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ވައްޓާލުމަށް، އެވެރިކަމުގެ ނައިބު ރައީސް އަކަށް އޭރުް ހުންނެވި ޑރ މުހައްމަދު ޖަމީލް އަހްމަދާއި އެކު ހަރަކާތެރިވެފައިވާ ކަމަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އަދަބު ތަންފީޒު ކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަދީބު މިހެން ވިދާޅުވެފައި މިވަނީ ޕީއެންއެފްއިން، އަދީބަކީ ރައީސް މުއިއްޒުގެ އެޑްވައިޒަރެއް ކަމަށް ބުނެ ވާހަކަތަކެއް ދައްކަމުންގެންދާ ދަނޑިވަޅެއްގައެވެ.

"އަޅުގަނޑު ރައީސް ޑރ މުއިއްޒަކާއި ބައްދަލެއް ނުކުރަން. ސިޔާސީ ގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އަޅުގަނޑުގެ ނަން ބޭނުން ނުކުރެއްވުން އެދެން" އަދީބު ވިދާޅުވިއެވެ.

އަދީބު އިތުރަށް ވިދާޅުވީ2015 ވަނަ އަަހަރު އަދީބު ހުރަގޭގައި އޮއްވާ، މޯލްޑިވްސް ޔުނައިޓެޑް އޮފޮޒިޝަން (އެމްއޯޔޫ) ގެ ނަމުގައި ހަރަކާތެއް އުފައްދާ އޭގެ އެޑްވައިޒަރަކަށް އަދީބު ބަހައްޓާ، ޖަމީލު އެ ހަރަކާތުގެ ރައީސަކަށް އިސްކޮށް ހުންނަވައިގެން އެ ހަރަކާތުގެ ދަށުން ރައީސް ޔާމިންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރެއްވި ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާތަކުގަޔާއި، އަދި ޕީއެންއެފްގެ މެންބަރުން އެކްސްގައި ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ އެކި އެކި ތުހުމަތުތައް ސަރުކާރަށް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް