ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅު، މުރައިދޫގޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސައިފިއެވެ.
އަޝްފާގް އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގައެވެ.
މުރައިދޫ ގޭގެ ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން ދަގަނޑޭގެ މައިގަނޑު ޒިންމާތަކުގެ ގޮތުގައި އޮންނާނީ އިދާރީ ހިންގުމާއި ޕްރޮޓޮކޯލްގެ ކަންކަން ބެލުމެވެ.
އަޝްފާގު މި މަގާމަށް އައްޔަންކޮށްފައިވާ އިރު މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލްގެ މަގާމުގައި ހުންނެވީ އަޝްފާގްގެ ބޭބެ އަހްމަދު އަޝްފާންއެވެ.
ފަހަކަށް އައިސް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އާއި އެކު ބައެއް ހަފްލާ ތަކުންވެސް ދަގަނޑޭ ފެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ހާއްސަ ގެކޮޅެއް ދައުލަތުން ހަމަޖެއްސީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުގައި ހުންނަވަނިކޮށް2021 ވަނަ އަަހަރު އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއަށްފަހު ސަލާމަތީ ގޮތުން އެޅުއްވިި ފިޔަވަޅެއްގެ ގޮތުގައެވެ.
އަލީ އަޝްފާގަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުން ތެރިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް