ޓްރީ ޓޮޕް ހޮސްޕިޓަލުގެ "ވެލްނަސް ޕްރޮމޯޟަން" ހެލްތް ސްކްރީނިންގ ޕެކޭޖްތަކުން %20 ޑިސްކައުންޓް

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހެލްތް ސްކްރީނިންގ ޕެކޭޖްތަކުން %20 ޑިސްކައުންޓް ލިބޭ "ވެލްނަސް ޕްރޮމޯޝަން" ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 1 އިން ފެށި...

03 Sep 2024 | 06:03

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހެލްތް ސްކްރީނިންގ ޕެކޭޖްތަކުން %20 ޑިސްކައުންޓް ލިބޭ "ވެލްނަސް ޕްރޮމޯޝަން" ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 1 އިން ފެށިގެން ސެޕްޓެމްބަރ 30 ގެ ނިޔަލަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ހިންގާ ވެލްނަސް ޕްކޭޖް ތަކުގެ ތެރޭގައި :

  • ވެލް ފީމެއިލް ޕެކޭޖްް: އަންހެނުންގެ ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ފަރުމާކުރެވިފައިވާ ޕެކޭޖް
  • ވެލް މެލް ޕެކޭޖްް: ފިރިހެނުންގެ އާންމުކޮށް ހުންނަ ޞިއްޙީ މައްސަލަތަކަށް އަމާޒުކުރެވިފައިވާ ޕެކޭޖް
  • ވެލް ޗައިލްޑް ޕެކޭޖް: ކުޑަކުދިންނަށް ޙާއްސަ މެޑިކަލް ޗެކްއަޕް
  • ހެލްތް ލިވިންގް ޕެކޭޖްް: ހަށިގަނޑުގެ ދުޅަހެޔޮކަމާއި ބަލިތަކުން ރައްކާތެރިވުމަށް އަމާޒުކުރެވިފައިވާ ޕެކޭޖް
  • ހެލްތީ ހާރޓް އެންޑް ސްރޯންގް ހާރޓް ޕެކޭޖް : ހިތުގެބަލިތަށް ދެނެގަތުމާއި މޮނިޓަރކުރުމަށް ހާއްޞަ ޕެކޭޖްތައް
  • ހެދޭ ޕެކޭޖްތައް ހެލްތީ ލަންގް ޕެކޭޖް: ފުއްޕާމޭގެ ޞިއްޙަތު ކުރިއެރުވުމާއި މައްސަލަތައް އަވަހަށް ދެނެގަތުމަށް
  • ސާވިކަލް ކެންސޭ ސްކްރީނިންގް ޕެކޭޖް: ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީންކުރާ ޕެކޭޖް
  • ހެދޭ ޓެސްޓްތައް ޑައެބެޓިކްސް ސްކްރީނިންގް ޕެކޭޖް : ހަކުރުބަލި ހުރިތޯ އަވަހަށް ދެނެގަތުމަށް
  • ތެލެސީމިޔާ ޗެކަޕްސް އެންޑް ސްކްރީނިންގް ޕެކޭޖް : ތެލެސީމިއާ ބަލި ހުންނަ ފަރާތްތަކުން ހަދާ ޗެކަޕް.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ޕެކޭޖްތަކުގެ ބޭނުމަކީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދީ އަވަހަށް ބަލި ދެނެގަތުމާއި ފަރުވާ ހޯދުމަށް އެހީތެރިވެދިނުންކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ތިޔަބޭފުޅުންގެ ޞިއްޙަތަށް އިސްކަންދިނުމަކީ ތިޔަބޭފުޅުންގެ މުސްތަޤްބަލަށް ކުރެވޭ އިންވެސްޓްމަންޓެއް އަދި މި ޕްރޮމޯޝަނަކީ ތިޔަބޭފުޅުންގެ ޞިއްޙީ ހާލަތު ޗެކް ކުރުމަށާއި ބެލެހެއްޓުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ." ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީ.އީ.އޯ ޑރ. ސްރިވަތްސަން ސްރިދަރ ޖީ ވިދާޅުވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޙިދުމަތްތަކާއި އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޟިއަލިސްޓުންނާއި ސިއްޙީ ދާއިރާގައި އެކި ނަން މަޟްހޫރު ދާއިރާތަކުން ޙާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޟިއްހީ ޙިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވުމަށް ނުވަތަ[email protected]  އަށް އީމެއިލް ކުރެއްވުން އެ ހޮސްޕިޓަލުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް