ރަސްދޫ މަޑިވަރު ފިނޮޅުގެ ގޮނޑުދޮށަށް ވެލި އެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

އއ. ރަސްދޫ މަޑިވަރު ފިނޮޅުގެ ގޮނޑުދޮށަށް ވެލި އެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން ވަނީ މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާ...

03 Sep 2023 | 17:38

އއ. ރަސްދޫ މަޑިވަރު ފިނޮޅުގެ ގޮނޑުދޮށަށް ވެލި އެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން ވަނީ މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި މިއަދު ސޮއެކުރެވޭ، ރަސްދޫ މަޑިވަރު ފިނޮޅުގެ ގޮނޑުދޮށަށް ވެލި އެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ފިނޮޅު ގިރުމުގެ މައްސަލަ ހައްލުވެ ޒަމާނީ ރީތި ހިމާޔަތް ވެފައިވާ ގޮނޑުދޮށެއް ލިބިގެންދާނެއެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން 2.60 ހެކްޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 415 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ 27.61 މިލިއަން ރުފިޔާއަށް 250 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް