ޔާމީނާއި ފާރިސް ބައްދަލުކުރިކަން ދޮގުކޮށް، އެ ވާހަކަ ފެތުރީ ރައީސް ސޯލިހު ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަހުމަދު ފާރިސް މައުމޫނު ބައްދަލުކުރިކަން ދޮގުކޮށް، އެ ވާހަކަ ފެތުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ. އިދިކޮޅު ޕީޕީއެމް/ ޕީއެންސ...

03 Sep 2023 | 17:32

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަހުމަދު ފާރިސް މައުމޫނު ބައްދަލުކުރިކަން ދޮގުކޮށް، އެ ވާހަކަ ފެތުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީނުއާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް ބައްދަލު ކުރި ކަމަށް ފެތުރު ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.

އެފަދަ ވާހަކަތައް ފަތުރަނީ އެ ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް ރައީސް ޔާމީނު ވިދާޅުވެފައި ވާތީ، މުއިއްޒަށް ވޯޓު ދެއްވުމަށް ޔާމީނު އެދިވަޑައިގެންފައި ވާނީ އެކަން ހަޖަމު ނުވެގެން ދައްކާ ދޮގު ވާހަކައެއް ކަމަށް އިދިކޮޅުން ބުންޏެވެ.

އަދި އެ ކޯލިޝަނުން ބުނީ އެފަދަ ވާހަކަތައް ފަތުރަނީ އެ ކޯލިޝަން މެމްބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

"އަދި މި ހަބަރު ފެތުރުމުގެ އަޑީގައި އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާގެ ބައިވެރިން ހިމެނޭކަމުގައި ދެކުމުގެ ފުރުސަތުވެސް އެބައޮތް" އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުން އެ ޕާޓީގެ ސަޕޯޓަރުންގެ ކިބައިން އެދިފައި ވަނީ މިފަދަ ދޮގު ވާހަކަތަކުގައި ނުޖެހުމަށާއި ޔާމީން އެންޑޯޒް ކުރައްވާފައިވާ ކެނޑިޑޭޓް ޑރ. މުއިއްޒާއެކު ސާބިތުވެ ތިބުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް