އަސަދާ ދެކޮޅަށް ސޫރިޔާގެ ރައްޔިތުން ސުވެއިދާ އާއި ދާރާގައި ބޮޑު އެއްވުމެއް ބާއްވައިފި

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އިސްތިއުފާ ދެއްވުމަށް ގޮވާލައި ހުކުރު ދުވަހު ސީރިއާގެ ދެކުނުގައި އެތައް ސަތޭކަ ބަޔަކު އެއްވެ މުޒާހަރާކޮށްފިއެވެ. "ބައްޝާރު އައުޓް، ސީރިއާ ފްރީ!" ދެކުނުގެ ޑްރޫޒް ސިޓީއ...

03 Sep 2023 | 16:22

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އިސްތިއުފާ ދެއްވުމަށް ގޮވާލައި ހުކުރު ދުވަހު ސީރިއާގެ ދެކުނުގައި އެތައް ސަތޭކަ ބަޔަކު އެއްވެ މުޒާހަރާކޮށްފިއެވެ.

"ބައްޝާރު އައުޓް، ސީރިއާ ފްރީ!" ދެކުނުގެ ޑްރޫޒް ސިޓީއެއް ކަމަށްވާ ސުވެއިދާގައި ގިނަ ބަޔަކު ހަޅޭއްލަވާ އަޑު ހަރުކޮށް ގޮވަމުން ދިޔައެވެ. "ސީރިއާއަކީ ފާމެއް ނޫން، އަހަރެމެން މިއީ ބަކަރިތަކެއް ނޫން،" އެހެން ޕޯސްޓަރެއްގައި ލިޔެފައިވެ އެވެ.

ސޫރިޔާގެ އިޤްތިޞާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި، މިދިޔަ މަހު އެޤައުމުގެ ފައިސާ ވަނީ 15،500 ސީރިޔާ ޕައުންޑަށް ދަށަށް ގޮސްފައެވެ. މީގެ 12 އަހަރު ކުރިން ހިނގި ހަމަނުޖެހުން ފެށުނުއިރު ޑޮލަރުގެ އަގު އުޅެނީ 47 ޕައުންޑުގަ އެވެ. ތެލުގެ ސަބްސިޑީ އުވާލުމާ ގުޅިގެން މިދިޔަ އޮގަސްޓް މަހު ސުވެއިދާގައި ވަނީ މުޒާހަރާކޮށްފަ އެވެ. ސޫރިޔާގެ ޑްރޫޒް ކޮމިއުނިޓީގެ ގިނަ ބައެއްގެ އަމިއްލަ ޕްރޮވިންސް ކަމަށްވާ ސުވެއިދާ ހަނގުރާމައިގެ ތެރޭގައި ވެސް އޮތީ ވެރިކަމުގެ އަތްދަށުގައެވެ.

އަސަދު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހަރާގެ ބައިވެރިން ގޮވާލުމުން ބައެއް ޑްރޫޒް ޝެއިޚުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އިޤްތިޞާދީ ޙާލަތަށް ކުރިއެރުން އަންނަންޖެހޭނީ ވާހަކަ ދައްކައިގެން ކަމަށް ބުނަމުންދިޔައެވެ.

ސޫރިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައިވާ އެހެން ސަރަހައްދުތަކުގެ ރައްޔިތުން ވަނީ، ސަރުކާރުގެ އަސްކަރިއްޔާއިން ދެނެނުގަނެވޭގޮތަށް މުޒާހަރާގެ އިޝާރާތްތައް ކޮށްފައެވެ.

އެކްޓިވިސްޓުންގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބުރާސްފަތި ދުވަހު އައްސޭރިފަށުގެ ޕްރޮވިންސް ޓާޓަސްގައި ބައެއް މީހުން ކުދި ޕޯސްޓްކާޑުތައް ހިފައިގެން ތިއްބެވެ. އޭގައި ލިޔެފައިވަނީ "ސީރިއާ އަކީ އަހަރެމެންގެ ގައުމެއް، ވެރިކަން ކުރާ ބާތު ޕާޓީގެ ތަނެއް ނޫން" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް