ޖަރާސީމުން ތަޣައްޔަރު ވެފައިވާ ޗީޒްއެއް ރާއްޖެ އެތެރެ ކޮށްފައި ވާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދެފިއެވެ.
އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، 'ލިސްޓީރިއާ މޮނޯސައިޓޯޖީންސް' ޗީޒުގައި ޖަރާސީމުން ތަޣައްޔަރު ވުމުގެ ފުރުސަތު އޮތް ކަމަށާއި ފަރަންސޭސި ވިލާތުގެ އެ ޗީޒު ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
މި އެލާޓާ ގުޅިގެން، މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން ނާކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ފަރަންސޭސި ވިލާތުން އެތެރެ ކޮށްފައިވާ އެ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީއިން ވަނީ އަންގާފައެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ނަންބަރު 3014361 ނުވަތަ 7603204 ފޯނަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް