ފާރިސްގެ ކެމްޕޭނަށް ފައިސާގެ އެހީ ދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ އަހުމަދު ފާރިސް މައުމޫނުގެ ކެމްޕޭނަށް ފައިސާގެ އެހީ ދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ފާރިސްގެ ކެމްޕޭނަށް ފައިސާ ހޯދަން ހުޅުވާލ...

03 Sep 2023 | 05:40

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ އަހުމަދު ފާރިސް މައުމޫނުގެ ކެމްޕޭނަށް ފައިސާގެ އެހީ ދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ފާރިސްގެ ކެމްޕޭނަށް ފައިސާ ހޯދަން ހުޅުވާލާފައި މިވަނީ، ރޭގެ ރިޔާސީ ބަހުސްއަށްފަހު ގިނަ ބަޔަކަށް ފާރިސް ކަމުދާކަމަށް ބުނެ ޓުވީޓު ކުރަން ފަށާފައި ވަނިކޮށެވެ.

ފާރިސް ވިދާޅުވީ، ގިނަ މީހުންނާ ހަމަޔަށް ވާސިލް ވުމަށްޓަކައި ފަންޑް ހޯދުމަށް އެހީތެރިވާން އެދޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕާޓީތަކުގެ ފަރާތުން ރަށްރަށަށް ގޮސް ކެމްޕޭން ކުރި ނަމަވެސް އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެނޑިޑޭޓުން ބޮޑަށް ކެމްޕޭން ކޮށްފައި ވަނީ މާލޭގައެވެ. ނަމަވެސް ފާރިސް ވަނީ ކޮންމެވެސް ވަރަކަށް ރަށްރަށަށް ޒިޔާރަތް ކޮށްފައެވެ.

ކެމްޕޭނަށް ފަންޑް ހޯދުމަށް މީގެ ކުރިން ދަ ޑިމޮކްރެޓްސްއިންވެސް ހުޅުވާލިއެވެ.

ފާރިސް އަކީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސްއެވެ. ނަމަވެސް އެ ޕާޓީގެ ނަމުގައި އިންތިހާބަށް ނުނިކުމެވުނުން، ޕާޓީ ހިންމުގާ ވަގުތީގޮތުން އެކަހެރިވެ، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމީއެވެ.

އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް “ދުވަސް”އަށް މީގެ ކުރިން ވިދާޅުވެފައި ވަނީ، ޕާޓީގެ އަދަދަށް މެމްބަރުން ދަފްތަރުގައި ނެތް މައްސަލަ ކޯޓުގައި ހިނގަމުން ދާތީ، ފާރިސްގެ ކެނޑިޑެންސީ އީސީން ބަލައިގަނެފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް