މޫސުމަށް ސަމާލުވޭ: މާލެ އަތޮޅުން ދެކުނު ޔެލޯ އެލާޓުގައި

ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި އެވެ. މެޓް އޮފީހުން އެލާތު ނެރެފައިވަނީ މިރޭ11:00 ން މެންދަމު 3:00 އަށެވެ. އެ އިދާރާއިން ލަފާ ކުރާގޮތުގައި މިވަގުތުތަކުގައ...

03 Sep 2022 | 18:58

ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

މެޓް އޮފީހުން އެލާތު ނެރެފައިވަނީ މިރޭ11:00 ން މެންދަމު 3:00 އަށެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި މިވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މީގެ އިތުރުން ކަނޑުތައްވެސް ގަދަވާނެ އެވެ. އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާޜު މިނުގައި އެވެ.

ޔެލޯ އެލާޓު ނެރުމާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓެއް ބުނީ ވިއްސާރައިގެ ސަބަބުން އާންމުކޮށް ފެންބޮޑުވާ ރަށްރަށުން ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ގަދަވައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަ ކުރުމަށް ފިޔަވަޅު އެޅުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން އެ އިދާރާއިން ވަނީ ކަނޑު ދަތުރުކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އަންގާފަ އެވެ. ކަނޑުމައްޗަށް ނުުކުންނަނަމަ، ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯއާއި މުވާސަލާތީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރު ކުރުމަށްވެސް އެންޑީއެމްއޭއިން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް