އެމްޖޭއޭގެ އާ ހިންގާ ކޮމިޓީ އިންތިހާބު ކޮށްފި

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އާ ހިންގާ ކޮމިޓީ އިންތިހާބުކޮށްފި އެވެ. މިކަމަށްޓަކައި ބޭއްވި ބައްދަލުވުން އޮތީ ސްޓެލްކޯ ޖަލްސާ ކުރާ މާލަމުގައި އެވެ. އާ ހިންގާ ކޮމިޓީ އިންތިހާބު ކޮށްފ...

03 Sep 2022 | 18:47

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އާ ހިންގާ ކޮމިޓީ އިންތިހާބުކޮށްފި އެވެ.

މިކަމަށްޓަކައި ބޭއްވި ބައްދަލުވުން އޮތީ ސްޓެލްކޯ ޖަލްސާ ކުރާ މާލަމުގައި އެވެ. އާ ހިންގާ ކޮމިޓީ އިންތިހާބު ކޮށްފައިވަނީ ހާޒިރުވި ނޫސްވެރިންެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.

ޖަމިއްޔާގެ ކުރިއަށް އޮތް ދައުރުގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީ "ވަން އޮންލައިން" ގެ އަލީ ރިފްޝާން އެވެ. ނައިބު ރައީސްގެ މަގާމަށް ހޮވުނީ "ވަގުތު އޮންލައިން" ގެ މުހައްމަދު ޔާމީން އެވެ.

އިތުރަށް ހޮވި މެމްބަރުންގެ ތެރޭގައި ހިމެނެނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް "ދައުރު އޮންލައިން" އިން އަހުމަދު ނާއިފް އާއި ބަޖެޓް ސެކްރެޓަރީއަކަށް "އަދަދު އޮންލައިން" ގެ ނާޒިމް ހަސަން އެވެ.

އާންމު މެންބަރު ކަމަށް ހޮވުނީ "ދައުރު އޮންލައިން" އިން މުޒައްޔިން ނާޒިމެވެ. މީގެ އިތުރުން އަންހެން މެމްބަރު ކަމަށް "މިހާރު އޮންލައިން" ގެ އާސިމާ ނިޒާރު އާއި "އަދަދު އޮންލައިން" ގެ އައިޝަތު ނުޒުހާ އިންތިހާބުކޮށްފައިވެ އެވެ.

އާ ހިންގާ ކޮމިޓީ ޖަމިއްޔާ ހިންގުމާއި ހަވާލުވާނީ މިމަހުގެ12 ވަނަ ދުވަހު އެވެ.

150 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ އެމްޖޭއޭއަކީ ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ނޫސްވެރިން ކުރިއެރުވުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް