އަޑިއަޅާލާފައިވާ ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "ބްރަހަމަސްތްރާ" ގެ 11،000 ޓިކެޓު އެޑްވާންސްކޮށް ވިކިގެން އެކަމުގެ އުފާ ފާޅު ކުރަން ފަށައިފި އެވެ.
ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ރަންބީރު ކަޕޫރާ އާލިއާ ބަޓްގެ ދެމަފިރިންނެވެ.
މި ފިލްމު ރިލީޒް ކުރަން ތައްޔާރުވެފައި މިވަނީ މިއަހަރު ރިލީޒް ކުރި ބޮލީވުޑްގެ ހުރިހާ ފިލްމެއްހެން ފްލޮޕްވަމުން ދަނިކޮށެވެ. މިއަހަރު ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައިވާ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރު، ކަރީނާ ކަޕޫރު، އާމިރް ހާން، ޓައިގާ ޝްރޮފް، ކަންގަނާ ރަނާވަތު، އަނަންޔާ ޕާންޑޭ ހިމެނެ އެވެ.
އެހެންވެ މި ފިލްމުގެ ޕްރޮމޯޝަންތައް ކުރިޔަށް ގެންދަނީ ދުރާލާ ރާވައިގެން ނެވެ. މިދިޔަ ބުރާސްފަތި ދުވަހު އެޑްވާންސް ބުކިންއަށް ހުޅުވާލާފައިވާއިރު މިހާތަނަށް 11،558 ޓިކެޓު ވިކިފައިވާ ކަމަށް ބުނެއެވެ.
މި އަދަދަށް ޓިކެޓު ވިކުނަސް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ތިބީ ނޭވާ ހިފަހައްޓާލައިގެން ނެވެ. އެއީ ފިލްމު އަޅުވާ ފުރަތަމަ ދުވަހަށް 63 ޕަސެންޓު ޓިކެޓު ވިކިފައި ވީނަމަވެސް ދެވަނަ ދުވަހަށް އަދި ވިކިފައިވަނީ 25 ޕަސެންޓު ޓިކެޓެވެ. ދިން ވަނަ ދުވަހަށް ވިކިފައިވަނީ އެންމެ 12 ޕަސެންޓު ޓިކެޓަށް ވާތީ އެވެ.
މި ފިލްމު އިންޑިއާގެ ފަސް ބަހަކުން ޓޫޑީ، ތްރީޑީ އަދި އައިމެކްސް ތްރީޑީ ފޯމެޓުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ. ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ، ހިންދީ، ޓެލެގޫ، މަލަޔާލަމް، ކަންނާޑާ އަދި ޓަމިލް ބަހުންނެވެ.
މި ފިލްމަކީ ރަންވީރުގެ ގާތް އެކުވެރިޔާ އަޔާން މުކަރުޖީ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް