ޖުލައި ވިއްސާރައިގަ ލިބުނު ގެއްލުމުން އަރައިގެންނަން 1.2 މިލިއަން ރުފިޔާގެ އެހީ ދީފި

މިދިޔަ ޖުލައި މަހު ރާއްޖެއަށް ކުރި ވިއްސާރައިގަ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެ...

03 Sep 2022 | 12:57

މިދިޔަ ޖުލައި މަހު ރާއްޖެއަށް ކުރި ވިއްސާރައިގަ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.

އެ އިދާޜާއިން އާންމު ކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ވިއްސާރަ އާއި އުދައުގެ ސަބަބުން ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާ ވަރަށް ގެއްލުން ލިބިގެން277 ގެއިން ރިޕޯޓު ކުރި އިރު އޭގެ ތެރެއިން131 ގޭގެ އެސެސްމެންޓު މިހާތަނަށް ހަދާފައިވާ ކަމަށެވެ. ގެއްލުން ވެގެން އެންމެ ގިނަ ރިޕޯޓު ކޮށްފައިވަނީ ގދ. ހޯނޑެއްދޫއިންނެވެ.

އެންމެ ގިނައިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ތ. ތިމަރަފުއްޓަށެވެ. އެ ރަށަށް ވަނީ 500،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ގދ. މަޑަވެއްޔަށް 300،000 އަށް ވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އެ އިދާރާގެ ތަފާސް ހިސާބު ދައްކާގޮތުން ޖުލައި މަހު ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް 294،562.60 ރުފިޔާ އަރަ އެވެ. އަދި އިންފްރާސްޓްރަކްޗައަށް ލިބުނު ގެއްލުމަށް 961،725 ރުފިޔާ އަރާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނެ އެވެ.

އެމްޑީއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވިއްސާރައިގައި ގެއްލުން ލިބިގެން ރިޕޯޓް ކުރި 10 ރަށުގެ ތެރެއިން 9 ރަށަކަށް ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް