ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޑަކުދިންނާއި މައިންގެ އިތުބާރު ހޯދާފައިވާ "މޫމޫ" ގެ ފިހާރައެއް މާލޭ ސިޓީގައި ހުޅުވައިފި އެވެ.
މީގެ ކުރިން އޮންލައިން ފިހާރައެއްގެ ގޮތުގައި ހިންގަމުން އައި "މޫމޫ" ގެ ފިހާރަ ހުޅުވާފައިވަނީ ޗާންދަނީ މަގު ރެޑްބީ ކުރިމަތީ އޮންނަ ގުމްރީ ގޯޅިީގައެވެ.
ކުޑަކުދިންނަށް ބޭނުންވާ ތަފާތު އުފެއްދުންތަކެއް އެއްތަނަކުން ލިބޭނެ މަގު ފަހިކުރުމުގެ މަގުސަދުގައި ހިންގަމުން އަންނަ "މޫމޫ" ގެ ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ އިއްޔެ ހަވީރު، ރޯބޯމޭންގެ ހަރަކާތްތަކާއި އެކު އެވެ.
ޗާންދަނީ މަގު ރެޑްބީ ކުރިމަތީ އޮންނަ ގުމްރީ ގޯޅީގައި ކުރިއަށް ދިޔަ ކުލަގަދަ ރަސްމިއްޔާތެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. އަދިއެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްދިޔަ މި ހަރަކާތްތައް ބަލާލުމަށް އެވަގުތު އެސަރަހައްދަށް ގިނަ އަދަދެއްގެ ކުޑަކުދިން ޒިޔާރަތްކުރިި އެވެ. އެ ކުދިންނަށް "މޫމޫ "އިން ވަނީ ހަދިޔާ ބަހާފަ އެވެ.
"މީ ކުޑަކުދިންގެ ޓޯއީސް އެއްޗެހި ލިބެން ހުންނަ ޝޮޕްއެއް، ނޫހީމެން ލައިކްވާނެ ވަރަށް ބައިވަރު ޓޯއީސް ލިބެން ހުންނާނެ، އަދި މަންމަމެން ލައިކްވާ އެއްޗެސްވެސް ހުންނާނެ" މޫމޫގެ މެނޭޖަރ ނޫޙް އިބްރާހިމް އަޝްވާޤު ބުންޏެެވެ.
"މޫމޫ" އިން ކުރިއެކޭ އެއްގޮތަށް ޑެލިވަރީގެ ޚިދުމަތްވެސް ދެމުން ދާނެ އެވެ. އޮންލައިން ކޮށް އޯޑާ ކުރުމުން ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ. ތަފާތު ބުރޭންޑް ތަކުގެ ކުޑަކުދިންގެ ތައުލީމީ އަދި މުނިފޫހިފިލުވުމަށް ބޭނުންކުރާ ކުޅޭ ސާމާނުގެ ގިނަ ވައްތަރުތަކެއްގެ ސާމާނު އެ ފިހާރައިން ލިބެން ހުރި އިރު އިންސްޓަގްރާމާއި ފޭސްބުކް އައިޑީ @moomoomv އިން މިތަކެތި ފެންނާނެ އެވެ.
ކުޑަކުދިންގެ މަޝްހޫރު ބްރޭންޑް ތަކުގެ އެކި ވައްތަރުގެ ހެދުމާއި، ސެންޑްލްސް އާއި، ބޫޓާއި ކުޑަކުދިން ބޭނުންކުރާ އެކްސެސަރީޒްއަކީ މައިންގެ މެދުގައި މަގުބޫލު ބްރޭންޑް ތަކެކެވެ.
މޫމޫ އިން މީގެކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ޑެލިވަރ ކޮށްދެމުން އައިސްފައިވާއިރު މި ފިހާރައިގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް ލިބިގެން ދާނެކަމަށް ގަބޫލުކުރެވެއެވެ.
"މޫމޫ" ބުރޭންޑުގެ ދަށުން ކުޑަކުދިން ޝައުގުވެރިވާ އިތުރު ސާމާނު ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ މާކެޓަށް ތަޢާރަފް ކުރާނެކަމަށް އެފަރާތުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް