އަޑިއަށް ދިޔަ ލަންދޫ ބޯޓު ތިން ދުވަސް ފަހުން ފެންމަތިކޮށްފި

މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރި "ލަންދޫ ބޯޓު" އަޑިއަށް ދިޔަތާ ތިން ދުވަސް ފަހުން ފެންމަތި ކޮށްފި އެވެ. މި ހާދިސާ ހިނގީ މިދިޔަ ބުދަ ދުވަހު އެވެ. ބޯޓު އަޑިއަށް ދިޔައީ ކ. ގާފަރު ފަރަށް އެރި ފ...

03 Sep 2022 | 12:20

މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރި "ލަންދޫ ބޯޓު" އަޑިއަށް ދިޔަތާ ތިން ދުވަސް ފަހުން ފެންމަތި ކޮށްފި އެވެ.

މި ހާދިސާ ހިނގީ މިދިޔަ ބުދަ ދުވަހު އެވެ. ބޯޓު އަޑިއަށް ދިޔައީ ކ. ގާފަރު ފަރަށް އެރި ފަހުންނެވެ.

އެ ބޯޓު ފުން ކުރެވުނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށް އެ މަސައްކަތުގައި އުޅުނު މީހުން މީޑިއާގައި ބުނެފައިވެ އެވެ. ބޯޓު ފުން ކުރީ ލަންދޫއިން 54 މީހުންގެ ޓީމެއް ގޮސް ގާފަރު ރައްޔިތުންގެ އެހީތެރިކަމާއި އެކު އެވެ.

މިހާރު މަސައްކަތް ކުރަމުންދަނީ ބޯޓު ގާފަރު ފަޅަށް ވެއްދުމަށެވެ.

ލަންދޫ ބޯޓު ފަރަށް އަރައި އަޑިއަސް ދިޔައިރު އޭގެން 40 މީހުން ދަތުރު ކުރި އެވެ. އޭގެ ތެރޭގައި އަންހެނަކާއި ބިދޭސީންވެސް ހިމެނެ އެވެ. އެމީހުންނަށް އެހީތެރިވެ ކެއިން ބުއިމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނީ ގާފަރު ރައްޔިތުންނެވެ.

އަދި އެ ސަރަހައްދުން އެ ދުވަހު ދަތުރު ކުރި ބައެއް ދޯނިތަކުން ވަނީ ބޯޓުން ކަނޑަށް ދިޔަ ބައެއް މުދާތައް ސަލާމަތް ކޮށްދިނުމުގައި މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް