ޖެއިން ފޮންޑާއަށް ކެންސަރު ޖެހިފައި!

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެއިން ފޮންޑާއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފި އެވެ. އުމުރުން 84 އަހަރުގެ ޖެެއިން ބުނީ އޭނާ ފަރުވާ ހޯދަމުންދަނީ ކަރުގެ ބަޔަކަށް ކެންސަރު ޖެހިގެން ކަމަށެވެ. އަދި އޭނާއަ...

03 Sep 2022 | 10:11

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެއިން ފޮންޑާއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފި އެވެ.

އުމުރުން 84 އަހަރުގެ ޖެެއިން ބުނީ އޭނާ ފަރުވާ ހޯދަމުންދަނީ ކަރުގެ ބަޔަކަށް ކެންސަރު ޖެހިގެން ކަމަށެވެ. އަދި އޭނާއަށް ޖެހިފައިވާ ކެންސަރުން ރަނގަޅުވާނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައިވާ ކަމަށް ބުންޏެވެ.

އޮސްކާ އެވޯޑު ހޯދާފައިވާ އެމެރިކާގެ މި ބަތަލާ ފަރުވާ ހޯދަމުން ދަނީ އެ ގައުމުގައި އެވެ. ޖެއިން ބުނީ ލިބިފައިވާ ހެލްތް އިންޝުއަރެންސްއިން ކެންސަރަށް އެ ގައުމުގައި ދޭ އެންމެ މަތީ ފަރުވާ ލިބެމުންދާ ކަމަށެވެ.

ކެންސަރު ބަލި ތަހައްމަލް ކުރަމުންދާ މީހުން ކީމޯ ހެދުމަކީ ވޭން ހުރި ކަމެއްކަން މިހާރު އެނގިއްޖެކަން ފާހަގަ ކުރަމުން ޖެއިން ބުނީ އެމެރިކާގެ ކޮންމެ އާއިލާއެއްގައިވެސް ކެންސަރު ބަލި ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށެވެ. އެކަމަކު މިއަދު ދެރަވަނީ އޭނާއަށް ލިބެމުންދާ ފެންވަރުމަތީ ފަރުވާ އާންމު ރައްޔިތުންނަށް ނުލިބޭތީ ކަމަށެވެ.

އިތުރަށް ބުނީ ފަރުވާ ހޯދަމުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް އޭނާ ކުރާ މަސައްކަތައިގެން ކުރިޔަށް ދާނެ ކަމަށް ބުންޏެވެ.

ޖެއިން ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ގްލޭންޑްސް އިންދަ ބޮޑީ"، "ނައިން ޓު ފައިވް" ހިމެނެ އެވެ.

އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ގްރޭސް އެންޑް ފްރޭންކީ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް