އެމްޓީސީގެ އާރުޓީއެލް ފެރީގެ ހިދުމަތް ށ. އަތޮޅުގައި600 އަށްވުރެ ގިނަ މީހުން ބޭނުކޮށްފި އެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ށ. އަތޮޅުގައި ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ އަތޮޅުގައި ހަތް ރޫޓަކުން ދަތުރު ކުރެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ހަތަރު ދުވަސް ތެރޭގައި އެ ހަތް ރޫޓުން 646 ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށެވެ. ށ. އަތޮޅު ދަތުރުތަކަށް އާންމުން އަހުލުވެރި ކުރުވުމުގެ ގޮތުން ފުރަތަމަ ދެ ހަފްތާ ދަތުރުތައް ކޮށްދެނީ ހިލޭ އެވެ.
ށ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމުން އެންމެ އުތުރުގައި އާރުޓީއެލް ފެރީގެ ހިދުމަތް ވަނީ ގުޅާލެވިފައި އެވެ.
އެމްޓީސީސީން ބުނީ މުޅި ރާއްޖެ އަވަސް ފެރީގެ ނިޒާމުން ގުޅާ ނިންމާލެވޭނީ އަންނަ އަހަރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް