މިއަދުގެ ކުރިޔަށް ހުރި ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) ން ބުނީ މޫސުން ގޯސްވާނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދަށް ކަމަށެވެ.
އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވާއިރު އެލާތު ނެރެފައިވަނީ މެންދުރު12:00 ން ހަވީރު6:00 އަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް އާންމުގޮތެއްގައި ވައި ޖެހޭނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރުމެއްގައި ކަމަށެވެ. ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ އެވެ.
މީގެ އިތުރުން ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް