ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި32 ގައިދީން އާއިލާ އާއި ހަވާލުކޮށްފި އެވެ.
މި ރަސްމިއްޔާތު އޮތީ އިއްޔެ މާފުށި ޖަލުގައި އެވެ.
މި ޕްރޮގްރާމަކީ ޖަލު ތެރޭގައި ހިންގުނު ރިހެބިލިޓޭޝަންގެ ފުރަތަމަ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގައި ފުރިހަމަ ކުރި ގައިދީން މުޖުތަމައުއަށް ދޫކޮށްލީ ޝަރުތުތަކަކާއި އެކު އެވެ.
ކަރެކްޝަންސްއިން ބުނީ މި ގައުދީންގެ ހަރަކާތްތައް އެއް އަހަރު ދުވަހު މޮނިޓާ ކުރާ ނެ އެވެ.
އެ ގައިދީން ދޫކޮށްލުމުގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ އެ މީހުންނާ ބައްދަލު ކުރައްވައި ނަސޭހަތް ދެއްވައިފައެވެ.
މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަމާޒުކޮށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް