އެފްއެފްޕީ ގަވައިދާ ހިލާފުވެގެން ޔޫރަޕުގެ އަށް ކުލަބެއް ޔުއެފާއިން ޖޫރިމަނާ ކޮށްފި

ޔުއެފާގެ ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވައިދާ ހިލާފުވެގެން ޔޫރަޕްގެ އަށް ކުލަބެއް ޔޫއެފާގެ މައި ފުޓްބޯޅަ އިދާރާ (ޔޫއެފާ) އިން ޖޫރިމަނާ ކޮށްފިއެވެ. ޔޫއެފާއިން ޖޫރިމަނާ ކުރި ކްލަބުތަކުގެ ތެރޭގައ...

03 Sep 2022 | 04:33

ޔުއެފާގެ ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވައިދާ ހިލާފުވެގެން ޔޫރަޕްގެ އަށް ކުލަބެއް ޔޫއެފާގެ މައި ފުޓްބޯޅަ އިދާރާ (ޔޫއެފާ) އިން ޖޫރިމަނާ ކޮށްފިއެވެ.

ޔޫއެފާއިން ޖޫރިމަނާ ކުރި ކްލަބުތަކުގެ ތެރޭގައި ފްރާންސް ގެ ޕީއެސްޖީ، އިޓަލީގެ އިންޓަ މިލާން، އޭސީ މިލާން، ރޯމާ، ޔުވެންޓަސްގެ އިތުރުން ފްރާންސްގެ މޮނާކޯ އާއި މާސޭ އަދި ތުރުކީގެ ބެސިކްޓަސް ހިމެނެއެވެ.

އެފްއެފްޕީގެ އުސޫލާއި ހިލާފުވެގެން އަށް ކުލަބެއް ޖޫރިމަނާ ކުރިއިރު، އެގެތެރެއިން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާއެއް ކުރީ ޕީއެސްޖީ އެވެ. ޔުއޭފާ އިން ވަނީ ޕީއެސްޖީ 10 މިލިއަން ޔޫރޯ (8.6 މިލިއަން ޕައުންޑް) އިން ޖޫރިމަނާކޮށްފަ އެވެ.

ޕީއެސްޖީއަށް ފަހު ދެވަނައަށް އެންމެ ބޮޑު ޖޫރިމަނާއެއް ކުރީ އިޓަލީގެ ރޯމާއެވެ. ރޯމާ ޖޫރިމަނާ ކުރީ ފަސް މިލިއަން ޔޫރޯ އިން ނެވެ.

އިންޓަ ހަތަރު މިލިއަން ޔޫރޯއިން ޖޫރިމަނާ ކުރިއިރު، ޔުވެންޓަސް ޖޫރިމަނާ ކުރީ 3.5 މިލިއަން ޔޫރޯ އިންނެވެ. އަދި އޭސީ މިލާން ޖޫރިމަނާކުރީ ދެ މިލިއަން ޔޫރޯ އިންނެވެ.

ބެސިކްޓަސް ޖޫރިމަނާކުރީ ހަ ލައްކަ ޔޫރޯ އިންނެވެ. މޮނާކޯ އާއި މާސޭ ޖޫރިމަނާ މޮށްފައިވަނީ ތިން ލައްކަ ޔޫރޯއިންނެވެ.

ޔުއެފާ އިން ބުނީ މި ކްލަބުތައް ޖޫރިމަނާކުރީ 2018 އިން ފެށިގެން 2020 ވަނަ އަހަރާ ހަމަައަށް ކްލަބުތަކުގެ މާލީ ހިސާބުތައް ދިރާސާކުރުމަށް ފަހު، ތިން އަހަރުގެ ތެރޭގައި ލިބިފައިވާ އާމްދަނީއަށް ވުރެ އިތުރަށް ކްލަބުތަކުން ހަރަދު ކޮށްފައި ވާތީ އެވެ.

ޔޫއެފާއިން ބުނެފައިވާ ގޮތުގައި މި ކްލަބުތަކަށް މިހާރު ވަނީ މާލީ ހިސާބުތައް ޔޫއެފާއިން ދީފައިވާ މުއްދަތުގެ ތެރޭގައި ޔޫއެފާގެ ގަވައިދަށް ފެއްތުމަށް އަންގާފައެވެ. އެގޮތުން ރޯމާއާއި އިންޓަ މިލާނަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ދެން އޮތް ހުރިހާ ކްލަބުތަކައް ވެސް ތިން އަހަރުގެ މުއްދަތެއް ވަނީ ދީފައެވެ. މާލީ ހިސާބުތައް ރަނގަޅުކޮށް ޔޫއެފާގެ ގަވައިދަށް ފެއްތުމަށް މި ކުލަބުތަކަށް މުއްދަތު ދީފައިވަނީ ކުލަބުތަކާއި އެކު މަޝްވަރާކޮށްފައި ކަމަށް ވެސް ޔޫއެފާއިން ވަނީ ބުނެފައެވެ. ކޮންމެ ކުލަބަކުން ވެސް އެ ކުލަބަކަށް ދީފައިވާ މުއްދަތުގެ ތެރޭގައި މާލީ ހާލަތަު ޔޫއެފާގެ ފައިނެންޝަލް ގަވައިދަށް ނުފައްތައިފި ނަމަ އިތުރަށް ޖޫރިމަނާއަށް ދައްކަން ޖެހޭ އަދަދު ބޮޑުވެގެން ދާނެއެވެ.

ޔޫއެފާއިން އިތުރަށް ބުނީ މި ގަވައިދާއި ޚިލާފުވެފައިވާ އިތުރު 19 ކުލަބެއްގެ މައްސަލަ ވެސް މިހާރު ބަލަމުން އަންނަކަމަށާއި އެކުލަބުތަކަށް ވެސް މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަލާނެ ކަމަށެވެ. ޔޫއެފާއިން އެފްއެފްޕީގެ ގަވައިދާއި ޚިލާފުވެގެން މިހާރު މައްސަލަ ބަލަމުން އަންނަ ކުލަބުތަކުގެ ތެރޭގައި ހިމެނެނީ ބޮރޫޝިއާ ޑޯޓްމަންޑް، ޗެލްސީ، ބާސެލޯނާ، އެފްސީ ބާސެލް، އެފްސީ ޔޫނިއަން ބާލިން، ފެނަބާޗޭ، ފޭނޫޑް، ލެސްޓަރ ސިޓީ، މެންޗެސްޓަރ ސިޓީ، ލިއޯން، ރޭންޖަސް، ރެއަލް ބެޓިސް، ރޯޔަލް އެންޓިވެޕް، ސެވިއްޔާ، ލާޒިއޯ، ނަޕޮލީ، ޓްރަބްޒޮންޕޯރ، ވުލްފްބާގް އަދި ވެސްޓް ހަމް ޔުނައިޓެޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް