ޕްރޮގްރެސިވް ކޯލިޝަން ގެ "އައްޑަނަ" ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެއްޖެ އެވެ.
ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ މި ޖަލްސާއަކީ ކޮވިޑް-19 އާގުޅިގެން އެއްވެ އުޅުން މަނާކޮށްފައި އޮތުމަށްފަހު، ދިން ލުއިތަކާއިއެކު އިދިކޮޅުން ސިޔާސީ ޕާޓީއަކުން ބާއްވާ މިފަދަ ފުރަތަމަ ޖަލްސާ އެެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ ސަރުކާރުން ވެރިކަން ހޯދީ ރައްޔިތުން ޖޫރިމަނާ ނުކުރާނެ ކަމަށް ބުނަމުން ކަމަށެވެ.
އެހެންނަމަވެސް ކޯވިޑް-19ގެ މި ހާލަތުގައިވެސް ރައްޔިތުން ޖޫރިމަނާކޮށް، ބަދަލުގެ ގޮތުގައި އެކި މީހުންނަށް ދައުލަތުގެ މާލިއްޔާއިން ފައިސާ ދިނުމަކީ ސަރުކާރުގެ ފަރާތުން ފެނިގެން ދިޔަ ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުން ރާއްޖޭގެ ކަނޑުގެ އަޑިވެސް، ބޭރުގެ ފަރާތްތަކަށް ހިބަކޮށް ދީފަ. އިންޑިއާއާއެކު ހައިޑްރޮގްރަފީ އެއްބަސްވުން ހަދައި، ރާއްޖޭގެ ކަނޑުތައް ބެލުމުގެ ހުއްދަ އެގައުމަށް ދިންއިރު، ދިވެހީންނަށް ކަނޑުއަޑީގައި އޮތީ ކޮންއެއްޗެއްތޯ ބަލަން ޖެހެނީ އިންޑިއާއަށް އާދޭސްކޮށްގެން." ޚަލީލު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަނޑުގެ އަޑީގައި ގިނަ ގުދުރަތީ ވަސީލަތްތަކެއް ހުރިކަން ދެނެގަނެވުނީ، އެ ވަސީލަތްތައް ހޯދަން އުޅުމުން ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހުރި މިފަދަ ރިސޯސެސް ތަކަކީ ކޮބައިތޯ ބެލުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް ޑރ. ޚަލީލު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް