ހައި ކްލައުޑް ލޭޔަރ އެއް ގެ ސަބަބުން ފެންނަ ޒާތުގެ ރެއިންބޯ އެއް އުޑުމަތިން ފެނިއްޖެ

ހައި ކްލައުޑް ލޭޔަރ އެއް ގެ ސަބަބުން ފެންނަ ޒާތުގެ ރެއިންބޯ އެއް އުޑުމަތިން ފެނިއްޖެ އެވެ. މިއީ މަދުން ނޫނީ ނުފެންނަ ޒާތުގެ ރެއިންބޯ އެކެވެ. ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނީ މި ރެއިންބޯއަ...

03 Sep 2021 | 15:57

ހައި ކްލައުޑް ލޭޔަރ އެއް ގެ ސަބަބުން ފެންނަ ޒާތުގެ ރެއިންބޯ އެއް އުޑުމަތިން ފެނިއްޖެ އެވެ.

މިއީ މަދުން ނޫނީ ނުފެންނަ ޒާތުގެ ރެއިންބޯ އެކެވެ.

ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނީ މި ރެއިންބޯއަށް ސަރކިއުލަރ ރެއިންބޯ ނުވަތަ "ހޭލޯ" ވެސް ކިޔައި އުޅޭ ކަމަށެވެ. އަދި ހަނދު ވަށައިގެން ވެސް އެ ވަށްބުރު ފެނިގެންދާނެ ކަމަށެވެ.

"އެއީ އުޑުގެ އެންމެ މަތީ ފަށަލައިގައި އުފެދޭ ވިލާގައި ހުންނަ ގަނޑުފެނުގެ ކުރިކީލަތަކުގެ ތެރެއިން، އަލި ރިފެރިވެގެން އައުމުގެ ސަބަބުން ފެންނަ ވަށްބުރެއް. އެއަށް ކިޔަނީ 'ހޭލޯ ފިނޯމިނާ"." މެޓް އޮފީހުން ބުންޏެވެ.

މިއަދު މި މަންޒަރު ފެނުމާއެކު މި ރެއިންބޯގެ ޗާލު ފޮޓޯ ވަނީ ސޯޝަލް މީޑިއާ ގައި ހިއްސާ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް