މިނިސްޓަރ ޝާހިދުގެ "އުއްމީދުގެ ރިޔާސަތު"ގެ މައުލޫމާތު އދގެ އާންމު މަޖިލީހުގެ ރައީސް އާ ހިއްސާ ކުރައްވައިފި

މިނިސްޓަރ ޝާހިދުގެ "އުއްމީދުގެ ރިޔާސަތު"ގެ މައުލޫމާތު އދގެ އާންމު މަޖިލީހުގެ ރައީސް ވޮލްކަން ބޮޒްކިރް އާ ހިއްސާ ކުރައްވައިފި އެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ "އުއްމީދުގެ ރިޔާސަތު" ގެ މ...

03 Sep 2021 | 15:45

މިނިސްޓަރ ޝާހިދުގެ "އުއްމީދުގެ ރިޔާސަތު"ގެ މައުލޫމާތު އދގެ އާންމު މަޖިލީހުގެ ރައީސް ވޮލްކަން ބޮޒްކިރް އާ ހިއްސާ ކުރައްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ "އުއްމީދުގެ ރިޔާސަތު" ގެ މައުލޫމާތު ހިއްސާ ކުރައްވާފައިވަނީ ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވޮލްކަން ބޮޒްކިރް އާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިޚާބީ ރައީސް އަބްދުﷲ ޝާހިދު ބައްދަލކުުރައްވާފައިވަނީ އިއްޔެ އެވެ.

މި ބައްދަލުކުރެއްވުމުގައި ބޮޒްކިރް ވެސް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން މިހިނގާ ދައުރު ނިމެންދެން، އަދި އޭގެ ފަހުން ވެސް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިޚާބީ ރައީސް އަބްދުﷲ ޝާހިދު ގެ މި ދަތުރުފުޅުގައި އދގެ އެކި ގުނަވަންތަކުގެ އިސްވެރިންނާއި އެކި ގައުމުތަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ވެސް ގެންދަވަނީ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަމުން ނެވެ.

އެގޮތުން ޔޫއެން އިކޮނޮމިކް ކޮމިޝަން ފޮރ ޔޫރަޕްގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އދގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އޮލްގާ އަލްގަޔެރޮވާ އާއި ޔޫއެން ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓަރ މައިމޫނާ މުހައްމަދު ޝަރީފް އާ ވަނީ ބައްދަލު ކުރައްވާފަ އެވެ.

މީގެ އިތުރުން ޑެންމާކް، ފިޖީ، ސްލޮވާކިއާ އަދި އެލްސެލްވަޑޯ އިން އދ އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާ ވެސް މިހާތަނަށް ބައްދަލުކުރައްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް