އޯގަސްޓް މަހުގެ ނިޔަލަށް 140 މީހަކަށް ގާނޫނީ ވަކީލުން ހަމަޖައްސައިދީފި

މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް 140 މީހަކަށް ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފިއެވެ. އެ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން...

03 Sep 2021 | 11:17

މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް 140 މީހަކަށް ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފިއެވެ.

އެ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން ނިމުނު އޯގަސްޓު މަހުގެ ނިޔަލަށް ހަމަޖައްސަައިދިން ވަކީލުންގެ ތެރޭގައި ގިނައީ ކުޑަކުދިންނަށް ވަކީލުން ހަމަޖައްސައިދިން އަދަދެެވެ. އެގޮތުން 18 އަހަރުން ދަށުގެ 74 ކުޑަކުދިންނަށް ދައުލަތުން ވަކީލުން ހަމަަޖައްސައިދީފައި ވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 18 އަހަރާއި 30 އަހަރާ ދެމެދު 28 މީހުންނަށް ދައުލަތުގެ ފަރާތުން ވަކީލުން ހަމަޖައްސާދީފައިވާއިރު، 31 އަހަރާއި 50 އަހަރާ ދެމެދު 31 މީހަކާއި 50 އަހަރުން މަތީގެ ހަތް މީހަކަށް ވެސް ވަކީލުން ހަމަޖައްސައިދީފައިވެ އެވެ.

ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރާ ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ވެސް އަމިއްލައަށް ވަކީލަކު ހަމަޖެއްސެން ނެތް ނަމަ ވަކީލު ހަމަޖައްސައިދެނީ ދައުލަތުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް